ހުޅުމާލޭން ކުޑަކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ / ދާރުއްސަލާމް، (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު 128-4-01) އާދަމް ޒިޔާން މުހައްމަދު (15އ) އެވެ.

އާދަމް ޒިޔާން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު އޭނާ ދިިއިއުޅުމެނުން އައި ހުޅުމާލެ ފްލެޓް ނަންބަރު 128-4-01 ކުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އާއިލާއަށް އޭނާގެ ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ޒިޔާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ނަންބަރު 9790163 / 3000600 އަށް ގުޅުއި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.