ޑައިވިންއަށް ދިޔަ ފަތުރުވެރިއެއް މައްޗަށް އެރި ވަގުތު ޑިއިވިން ދޯނީގެ ބުރަފަތީގައި ފައި ޖެހި ބުރި ވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 8:30 ހާއރު ކަމަށެވެ. މިއަދު ހެންދުނުގެ ވަގުތެއްގައި ހުޅުމާލެއާ ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވަިންއަށް ދިޔަ ފަތުރުވެރިއަކު މައްޗަށް އެރި ވަގުތު، ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އަނިޔާވެފައިވާ އިރު އެމީހާގެ އެއް ފައި ކަކުލުން ތިރި ވަނީ އެއްކޮށް ބުރިވެފައި ކަމަށް ފުލުހން ބުނެއެވެ.

އަނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށެވެ. އެ އަންހެން މީހާއަށް ދަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރާމުން ދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.