މިދިޔަ ހަފުތާގައި ދެކުނު އެފްރިކާއިން ވަނީ ގާޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އިންސާނީ ހިތާމަވެރި ހާދިސާއަކީ ޖަރީމާއެއްތޯ ބެލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހަޅާފައެވެ.
ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް އެޅި ފިޔަވަޅާއެކު ދެ ގައުމުގެ އެތެރޭގައާއި ބޭރުގައި ވެސް ނުތަނަވަސްކަން ވަނީ އުފެދިފައެވެ.
ދެކުނު އެފްރިކާގެ އެންމެ ބޮޑު އިދިކޮޅު އިއްތިހާދު ކަމަށްވާ ހުދުމުހުތާރު ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) ގެ ނުރުހުން އަމާޒުވި ނަމަވެސް، ފަލަސްތީނުގެ ހައްގުގައި ދެކުނު އެފްރިކާއިން ތާއީދުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.
ފަލަސްތީނަށް ޕްރިޓޯރިއާއިން ދޭ ތާއީދު ފުރިހަމައަށް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ވިސްނަންޖެހެނީ މަރުހޫމް ނެލްސަން މަންޑޭލާއާއި އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އާއި ޔާސިރު އަރަފާތުގެ ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަނާ އޮތް ގުޅުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މި ދެ ޖަމިއްޔާއިން ވެސް އެއްބަޔަކު އަނެއްބަޔަކުގެ ހައްގުގައި އެއްބާރުލުން ދިން އިރު، 1990 ވަނަ އަހަރު އެމެރިކާގައި ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މަންޑޭލާ ވަނީ "ހަތިޔާރުގެ ކޮމްރޭޑެއް" ގެ ގޮތުގައި އަރަފާތު ސިފަކުރައްވާފައެވެ.
"ނަސްލީ ތަފާތުކުރުމުގެ ވެރިކަމެއްގައި އުޅުނު އިރު ފަލަސްތީނުގެ ރައްޔިތުން އަޅުގަނޑުމެންނަށް އެއްބައިވަންތަކަން ދެއްކި." ސިޔާސީ މަސްރަހު ދިރާސާ ކުރާ ލެވީ އެންޑޯ ވިދާޅުވިއެވެ. "ހަނދާން ބަހައްޓަންވީ މީގެ 30 އަހަރު ކުރިން އަޅުގަނޑުމެން ނަސްލީ ތަފާތުކުރުންތަކުން ސަލާމަތްވީ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވި ކަންތައްތައް އަޅުގަނޑުމެންނަށް އެނގޭ. އިންސާނީ ހައްގުތަކަށް އަރައިގަންނަތަން ފެނިއްޖެ ނަމަ އަޅުގަނޑުމެން އަމަލުކުރަން ޖެހޭނެ."
ޖުނެއަރީ މަހުގެ 14 ވަނަ ދުވަހު އޭއެންސީން ވަނީ މިނިވަންކަމުގެ ހަރަކާތެއްގެ ގޮތުގައި އުފެދުނުތާ 112 އަހަރު ފުރުން ފާހަގަކޮށްފައެވެ. ޤައުމުގެ ސިޔާސީ ރާގާއި އެޖެންޑާ ކަނޑައަޅުއްވާ އަހަރީ ޖަލްސާގައި ރަމަފޯސާ ވަނީ ފަލަސްތީނުގެ މައްސަލައިގައި އެ ޕާޓީގެ ސްޓޭންޑް އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.
"އޭއެންސީއަކީ ފަލަސްތީނުގެ ރައްޔިތުން ކުރާ ޖިހާދުގައި އަބަދުވެސް އެކުގައި ތިބޭ ޕާޓީއެއް. 1994 ވަނަ އަހަރުގެ ކުރީގައި އަހަރެމެންވެސް އުޅުނު ފަދައިން ފަލަސްތީނު ރައްޔިތުންނަށް ވަނީ ނަސްލީ ތަފާތުކުރުމާ ކުރިމަތިލާން ޖެހިފައި. ރައީސުލްޖުމްހޫރިއްޔާ ނެލްސަން މަންޑޭލާ ވަނީ، ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު، ދެކުނު އެފްރިކާގެ މިނިވަންކަންވެސް ފުރިހަމަ ނުވާނެ ކަމަށް ވިދާޅުވެފައި."
ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި 84 ސޮފްހާގެ ހުށަހެޅުމުގައި ބުނެފައިވަނީ އިޒްރޭލުން އައިސީޖޭގެ މުއާހަދާތަކާއި ހިލާފުވަމުންދާ ކަމަށެވެ.
މީގެ އިތުރުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ގޮތަށް ބޯޑަރުތައް ހުޅުވުމުގެ އިތުރުން މީހުންނާއި ސިޔާސީ ގައިދީން މިނިވަންކުރުމަށް ވެސް އޭއެންސީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުތަކަށް އިހުތިރާމްކޮށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ވެސް އެ ޖަމިއްޔާ އާއި ރަމަފޯސާ އިން ވަނީ ގޮވާލާފައެވެ.
އަމިއްލަ މައިދާނުގައި، އެ ޕާޓީގެ ލީޑަޝިޕުން އެޕާޓީގެ ސަޕޯޓަރުންނަށް ބުނަމުން ދަނީ، ނަސްލީ ތަފާތުކުރުންތައް ހުއްޓުނުތާ 30 އަހަރު ވެފައިވާއިރު، ދެކުނު އެފްރިކާގެ ރައްޔިތުން ދިރިއުޅެމުން ދަނީ މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަމަށްވާތީ، ފަލަސްތީނަށް އެހީތެރިވުމުގެ ޒިންމާ ކޮންމެހެން ވެސް އުފުލަން ޖެހޭ ކަމަށެވެ.
ރަމަފޯސާ މިދިޔަ ޖެނުއަރީ މަހު އެ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ބޭއިންސާފު ފެނުމުން ރުޅިވެރިކަން އިހުސާސްކުރެވޭ ކަމަށެވެ.
އެންޑޫ ވިދާޅުވީ ނަސްލީ ތަފާތުކުރުމުގެ ޒަހަމްތައް އެ ގައުމާއި އެގައުމުގެ ރައްޔިތުން ކިބައިގައި އަދިވެސް އެބަހުރި ކަމަށާއި ދެކުނު އެފްރިކާގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް މިނިވަންކަން ހައްގު ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާއާއި ގާޒާއަށް ދިން ބޮމުގެ ހަމަލާއަށްފަހު ދެކުނު އެފްރިކާގެ އެކި ފަންތީގެ މީހުން ދަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާތަކާއި ހިނގާލުންތައް ބާއްވަމުންނެވެ. އެފްރިކާފޯފަލަސްތީން ފަދަ އެކްޓިވިސްޓް ޖަމާއަތްތަކުން ވެސް ވަނީ އިޒްރޭލާއެކު ސިޔާސީ ގުޅުން ކަނޑާލުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި އޮފީސްތައް ހުންނަ ގިވާސް ފައުންޑޭޝަންގެ ޑިޒާސްޓާ ރެސްޕޮންސް ޕްރޮފިޓް ގިފްޓް އިން ބުނީ ގާޒާއަށް އިތުރު އިންސާނީ އެހީ ވެއްދުމުގެ ހުއްދަ ދީފި ނަމަ ގާޒާއަށް ވަނުމަށް އެތައް ހާސް ޓްރަކަކާއި ޑޮކްޓަރުންނާއި އެހީތެރިކަން ފޯރުކޮށްދޭ މީހުން ތައްޔާރީ ހާލަތުގައި އެބަތިބި ކަމަށެވެ.
ދެކުނު އެފްރިކާގައި ހުންނަ އިޒްރޭލުގެ އެމްބަސީ ބަންދުކުރުމަށް ވާތު ފިޔައިގެ އިކޮނޮމިކް ފްރީޑަމް ފައިޓާސް (އީއެފްއެފް) އިން މިދިޔަ ނޮވެމްބަރު މަހު ހުށަހެޅި ގަރާރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އޭއެންސީގެ ޗީފް ވިޕް ޕެމީ މަޖޯދީނާ ޕާލަމެންޓުގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވަންދެން އިޒްރޭލާއެކު އޮންނަ ހުރިހާ ޑިޕްލޮމެޓިކް ގުޅުންތަކެއް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.
މަޝްހޫރު ނަސްލީ ތަފާތުކުރުމާ ދެކޮޅު އެކްޓިވިސްޓް، ސިޔާސީ އަދި އިލްމުވެރިޔާ އެލަން ބޮސެކް ވިދާޅުވީ އައިސީޖޭގެ މި ފިޔަވަޅަކީ ދެކުނު އެފްރިކާގެ ރައްޔިތުން ހުއްޓުމެއްނެތި ޕްރެޝަރު ކުރުމުގެ ނަތީޖާ ކަމަށެވެ.
އައިސީޖޭގެ މައްސަލައަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި ދެކުނު އެފްރިކާ ސަރުކާރަށް ޝުކުރުވެރިވުމުގެ އިތުރުން، ދެކުނު އެފްރިކާގެ ރައްޔިތުންނަށްވެސް ޝުކުރު ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއް ބަޔަކު ބުނަނީ މި މައްސަލައިން ރަމްޒުކޮށްދެނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް އެންމެ ފަހުން ހަމަނުޖެހުންތަކާ މެދު ފިޔަވަޅު އެޅުމުގެ ސާފު ސްޓޭންޑެއް ކަމަށެވެ.
"މި ސަރަހައްދުން ތެދުވީ ބާރުގަދަ އިޒްރޭލާ ދެކޮޅަށް. ޝުކުރު ހައްގީ ސިރިލް (ރަމަފޯސާ)، ފޮރިން މިނިސްޓަރު ނަލޭދީ، އަދި ސަރުކާރަށް." ގިފްޓް އޮފް ދަ ގިވާސްގެ ވެރިޔާ އިމްތިޔާޒް ސޫލިމަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފްރިކާ އަކީ މާނަހުރި ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން ނުވަތަ ކުރިއެރުން ހޯދުމުގެ ގާބިލުކަން ނެތް ބައެއްގެ ގޮތުގައި ހުޅަނގުން ގިނަ ފަހަރަށް ދެކޭ ކަމަށެވެ. އަދި އަސްކަރީ، އިގްތިސާދީ އަދި ސަގާފީ ސުޕަޕަވާއެއްގެ ގޮތުގައި އިޒްރޭލުގެ ވަރުގަދަ ދަރަޖައަށް ބަލާއިރު، ދެކުނު އެފްރިކާއަކީ އައިސީޖޭއަށް ދިއުމުގައި ހިތްވަރުގަދަ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަނދާން ބަހައްޓަންވި ކަމަކީ، އިޒްރޭލާ ކުރިމަތިލާއިރު ކުރިމަތި އެލެވެނީ އިގްތިސާދީ ގޮތުން ޒަޔަނިސްޓް ކެޕިޓަލް ބާރަކާ ކަން." ސޫލިމަން ވިދާޅުވިއެވެ.
އަލްޓްރުއިޒަމް ނުވަތަ އޮޕޮޗުނިޒަމްތަ؟
ތެލް އަވީވް އިން ބުނީ ޕްރިޓޯރިއާ އިން މަސައްކަތް ކުރަނީ ހަމާސްގެ ގާނޫނީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އެމެރިކާގެ އޮފިޝަލަކު ސިފަކުރެއްވި ގޮތުގައި މި މައްސަލަކީ ހަގީގަތުގައި އެއްވެސް އަސާސެއް ނެތް ދައުވާއެކެވެ.
ދާހިލީ މައިދާނުގައި ދެކުނު އެފްރިކާގެ އަމަލުތަކަށް ބޮޑު ތާއީދެއް އޮތް ނަމަވެސް ރަމަފޯސާގެ ވިސްނުން ދަނީ ބަލަމުންނެވެ.
ކުރީގެ މިނިވަންކަމުގެ ހަނގުރާމަވެރިޔާ އަދި ޓްރޭޑް ޔޫނިއަނިސްޓް އަކީ ވެސް މަންޑޭލާގެ އަރިސް ބޭފުޅެކެވެ. އޭނާއަކީ ވެރިކަން ކުރާ ޕާޓީގެ ސިޔާސީ މަސްރަހަށް ހުރަސް އެޅުމުގެ ކުރިން 1999 ވަނަ އަހަރު ރަމަފޯސާ އަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.
އަދި މިހާރު ރައީސްއަށް ފާޑުވިދާޅުވާ ބައެއް ފަރާތްތަކުން ބުނަމުން ދަނީ މަންޑޭލާ އަކީ ސްޓޭޓްސްމަންއެއްގެ ގޮތުގައި ދެކޭ ގޮތާ މެދު ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި އަހަރުގެ މެއި ނުވަތަ ޖޫން މަހު އެ ގައުމު އެންމެ މުހިންމު އިންތިހާބަށް ދާއިރު، ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އޭއެންސީއަށް ތާއީދު ކުރާ މިންވަރު 50 ޕަސެންޓަށް ވުރެ ދަށް ކަމަށް ބައެއް ޕޯލްތަކުން ދައްކައެވެ. މިކަމުގެ ސަބަބުން ވެރިކަމުގައި ދެމިތިބުމަށް އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދަން ޖެހިދާނެ ކަމުގެ ފުރުސަތު ވަނީ އުފެދިފައެވެ.
މީގެ 10 އަހަރު ކުރިން އޭއެންސީގެ ކުރީގެ ޒުވާން ލީޑަރެއް ކަމަށްވާ ޖޫލިއަސް މަލޭމާ އުފެއްދެވި އިކޮނޮމިކް ފްރީޑަމް ފައިޓާސް (އީއެފްއެފް) އަކީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރަމަފޯސާގެ ގޭމް ފާމުން ފައިސާ ވަގަށް ނެގި މައްސަލަ ފޮރުވަން އުޅުނު ކަމުގެ ތުހުމަތުގައި ޕާލަމެންޓުގައި ރަމާފޯސާއަށް ފުރައްސާރަ ވެސް ކޮށްފައިވާ މީހެކެވެ.
އެހެންނަމަވެސް، އިންތިހާބާ ދިމާކޮށް އެޕާޓީއާއި އޭއެންސީއާ ދެމެދު ކޯލިޝަނެއް އުފެއްދުމުގެ ވިސްނުން ގެންގުޅެފައިވާއިރު، ޑީއޭއިން މިހާރުވެސް ވަނީ އެ ޕާޓްނަޝިޕް ބަލައިނުގަތުމަށް ވޯޓުލާ ފަރާތްތަކަށް އަންގާފައެވެ.
އައިސީޖޭގެ މައްސަލައިގެ ސަބަބުން އޭނާގެ ބޭރުގެ ތަސައްވުރު އިތުރުވެ، ގައުމުން ބޭރުގައި އޭނާ އަށް މަރުހަބާ ކިޔަމުން ދާއިރު، ރަމަފޯސާ މަސައްކަތް ކުރައްވަނީ ހަމައެކަނި އޭނާގެ އަގު އުފުލަން ކަމަށް ބުނާ ވާހަކަތައް ގިނަ ތަޖުރިބާކާރުން ދޮގު ކުރެއެވެ.
"އައިސީޖޭ ކޭސް އަކީ އުސޫލެއްގެ ގޮތުން އޮތް އަހްލާގީ ސްޓޭންޑެއް. މި ގައުމުގެ ރައްޔިތުން އަޅުގަނޑުމެންގެ ސަރުކާރާ އެކު ތިބުމަކީ މުހިންމު ކަމެއް." ސޫލިމަން ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭ އިންތިހާބާއި އޭއެންސީ އަކީ އޮޕަޗުނިސްޓިކް ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކާނެކަން. އެކަމަކު އެސްއޭ އާއި ފަލަސްތީނާ ދެމެދު އޮންނަ ގުޅުން ފެށުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހަކު ނޫން."
އަދިވެސް އައިސީޖޭގެ މައްސަލައަށް އާންމުންގެ ތާއީދު ކުޑަނުވާނެ ކަމަށް ބެލެވެއެވެ. ކޮރަޕްޝަންގެ މައްސަލަތަކާއި އެހެނިހެން ގޮންޖެހުންތަކުން ފޫހިވެފައިވާ ދެކުނު އެފްރިކާއަށް 80 އާއި 90ގެ އަހަރުތަކުގެ ކުރީކޮޅު ނަސްލީ ތަފާތުކުރުންތައް ނައްތާލުމުގެ ކެމްޕެއިނަށް ފަހު، ދުނިޔޭގެ ފެންވަރުގައި އެގައުމުގެ ހެޔޮއެދުމަށް އިތުރު ކުރިއެރުމެއް ލިބެމުންދާތީ، ތާއީދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ހުޅަނގު ކޭޕް ޕްރޮވިންސްގައި ނަސްލީ ތަފާތުކުރުމުގެ ޒަމާނުގެ ރެސިސްޓެންސް ޕޮލިޓިކްސްގައި ވަރަށް ބޮޑަށް ބައިވެރިވި ކޭޕްޓައުންގެ ކޮމެންޓޭޓަރެއް އަދި ނޫސްވެރިއެއް ކަމަށްވާ ޒުބޭދާ ޖަފަރު ވިދާޅުވި އަދުލު އިންސާފަށް ތެދުވެ، ރަނގަޅު ކަންކަމަށް ތެދުވުމަށް މިހާރު މުޅި ދުނިޔެއަށް ވަރުގަދަ އަޒުމެއް ދީފިން ކަމަށެވެ.