ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީ ކުރި އާ ކާގޯ ޓާމިނަލްގެ މަސައްކަތް ނިންމައި މިއަދު ހުޅުވައިފިއެވެ

ވީއައިއޭ ތަރައްގީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްއަކީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެން ދިޔަ މަޝްރޫއެކެވެ.

މިއަދު މި އާ ކާގޯ ޓާމިނަލް ހުޅުވުމަށް ވީއައޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ވަޒީރުންނާއި އެމްއޭސީއެލްގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އާ ކާގޯ ތާމީނަލް ހުޅުވައިދެއްވީ ރައީސް މުއިއްޒުއެވެ. އެއަށްފަހު ރައީސް މުއިއްޒު ވަނީ އާ ކާގީ ޓާމަިނަލް ބައްލަވާލައްވާފައެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު މި ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލް އިން ބުނެއެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި އާ ކާގޯ ޓާމިނަލުގެ އިތުރުން އާ ރަންވޭގެ މަސައްކަތާއި، ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެއެވެ. އާ ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ. އއެއާޕޯޓްގެ ނުނިމި ހުރިމަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެމަނިުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންގޮސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.