ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެީ ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި 40 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވެއެއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އަދި 41 އަހަރުގެ މީހާ އަށްް ޝަރުތުކުރުމަށްފަހު ކޯޓުންވަނީ ދޫކޮށްލާފައެވެ.