ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖީމިއަންގް ބޫޝާންގައި ނޫސްވެރިންނާ އެކު ހިނގަނިކޮށް އާންމުންގެ ތެރެއިން ނިކުން މީހަކު އޭނާގެ ކަރަށް ވަޅިއެއް ހަރައިފިއެވެ.
މިހާދިސާގައި އޭނާއަށް މާބޮޑު ޒަހަމެއް ނުލިބޭ ކަމަށައި ހާލަތު ގޯސް ނޫން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވީނަމަވެސް އާނާގެ ކޮންޑިޝަން އަދި އޮފިޝަލުން ހާމައެއް ނުކުރެއެވެ.
އާންމު ވި ބައެއް ފޮޓޯތަކުން ފެނުނު ގޮތުގައި ލީ (59އ.) އޮތީ ވެއްޓިފައެވެ. ވަޅި ހަރާފައި ވަނީ އޭނާގެ ކަރުގެ ވާއަތްފަރާތަށް ކަމަށާއި އިތުރު ފަތުވާއަށް އެމަޖެންސީގައި ވައިގެ މަގުން ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ބުނެއެވެ.
ސޮއުލްގެ ނެޗަޝަލް ޔުނިވާ ހޮސްޕިޓަލަށް އޭނާ ގެންގޮސްފައި ވާ އިރު، މެޑިކަލް އޮފިޝަލުންނާ ހަވާލާދީ އޭނާ ނިސްބަތްވާ ޕާޓީ، ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާން ކްވޮޮން ޝިލްސިއޮންގް ބުނެފައި ވަނީ، ހަމަލާ އަމާޒުވެފައި ވަނީ ހިތުން ސިކުނޑިއާ ލޭ ފޮނުވައިދެ ނާރަށް ކަމަށާއި އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ.
ވަޅި ހެރި މީހާ މިހާރު ހައްޔަރު ކޮށްފައި ވާ އިރު އޭނާ ބުނެފައި ވަނީ 18 އިންޗީގެ އެ ވަޅި އޭނާ ގަތީ އޮންލައިން އިން ކަމަށެވެ. ނަމަވެސް އޭނާ އެކަން ކުރި ސަބަބު އޮފިޝަލުން ހަމާކޮށްފައެއް ނުވެއެވެ.
އިދިކޮޅު ލީޑަރު ލީ އަކީ ދަނޑުވެރިކަން ކުރާ ފަގީރު އާއިލާއަކުން ސިޔާސީ މައިދާނަށް ވަދެ ސޮއުލް ގެ ކުޑަކުޑަ ސިޓީއެއްގެ މޭޔަރުކަން 2010 ގައި ހޯދާ، ޕާޓީގެ އެންމެ އުހަށް ދަތުރު ކުރި ކާމިޔާބު ލީޑަރެއް ކަމަށް އެގައުމުގެ ގިނަ ބަޔަކު ދެކެއެވެ.