މި ފެށުނު އާ އަހަރާ ގުޅިގެން ކަސްޓަމަރުންނަށް ގޭސް ޑެލިވާ ކޮށްދިނުމުގައި މޯލްޑިވް ގޭހުގެ އިސްވެރިން ހަރާކާތްތެރި ވެއްޖެއެވެ.

އެ ކުންފުނިން ބުނީ މިއީ އާއަހަރާއި ގުޅިގެން އެ ކުނފުނިން ދެމުންގެންދާ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރި މަސައްކަތެއް ކަމަށެވެ. މއަދު ހިންގި މި ހަރަކާތުގައި ލްޑިވްގޭސްގެ އިސްވެރިންނާއި މެނޭޖުމަންޓު ޓީމުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވް ގޭހުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދަނީ ތަފާތު އެކި ކަންކަން ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ މޯލްޑިވް ގޭހުގެ އިސްވެރިންގެ ޔުނިފޯމުގައި ގައުމީ ދިދަ ހިމަނާފައެވެ. މިގޮތަށް ޔުނިފޯމަށް ބަދަލު ގެންނަން ނިންމީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުގެ އިސްނެންގެވުމުގެ ދަށުންނެވެ.

އާ އަހަރާ ގުޅިގެން ކަސްޓަމަރުންނަށް ގޭސް ޑެލިވާ ކޮށްދިނުމަށް މޯލްޑިވް ގޭހުގެ އިސްވެރިން ހަރަކާތްތެރިވަނީ

އެ ކުންފުންޏާ ހަވާލުވުމަށް ފަހު، އަބްދުﷲ އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ މޯލްޑިވް ގޭހުގެ ދުވަހުގެ މަސައްކަތްތައް ކީރިތި ޤުރުއާނުގެ ބަރަކާތުންނާއި ގައުމީ ސަލާމުން ފަށާ ގޮތަށް ނިންމެވި ނިންމެވުމަކީވެސް ފާހަގަކޮށްލެވޭ ނިންމެވުމެކެވެ.

މުވައްޒަފުންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި އަބްދުﷲ ވިދާޅުވީ، ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މޯލްޑިވް ގޭހުގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ތިބޭނެ ކަމަަށެވެ.