ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީ ކައިރިއަށް، މިއަދު ހެނދުނު ބާރުގަދަ ހަތަރު ބިންހެލުން އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުން 2 ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ ހިތަދޫ އާއި 925 ކިލޯމިޓަރު ކައިރިއަށެވެ. އަދި އެއް ބިންހެލުން އައްޑޫ ސިޓީ ހިތަދޫ އާއި 926 ކިލޯމީޓަރު ކައިރިއަށް އައިސްފައިވާއިރު، އަނެއް ބިންހެލުން އައިސްފައިވަނީ 921 ކިލޯމީޓަރު ކައިރިއަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުުނީ ފުރަތަމަ އައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރުން އަޑިން 4.8 ގެ ބާރު މިނުގައިކަމަށެވެ. އަދި ދެވަނައަށް އައި 5.2ގެ ބާރުމިނުގެ ބިންހެލުމާ ހަތަރުވަނައަށް އައި 5.0 ގެ ބިންހެލުންވެސް އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފައެވެ.

މީގެ 5.8ގެ ބާރު މިނުގައި އައި ތިންވަނަ ބިންހެލުން ކަނޑުގެ 7 މީޓަރު އަޑިން އައިސްފައިވާއިރު މި ބިންހެލުންތަކާ ގުޅިގެން އަދި މިހާތަނަށް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. އަދި މި ބިންހެލުމުގެ މައުލޫމާތު މިހާތަނަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.