އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރަކަށް ވެގެން އައިފޯން 15 ޕްރޯ މެކްސް ލިބުނު ކަސްޓަމަރަށް ފޯނު ހަވާލުކޮށްފިއެވެ.
މި ދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫއިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ ޕްރިމިއާ ކްލަބަށް ގުޅުމުން ޕްރޮމޯޝަންގައި ބައިވެރިވޭނެއިރު ޕްރިމިއާ ކްލަބުގައި އޭރު ތިބި ކަސްޓަމަރުންވެސް ގުރުއަތުގައި ހިމެނެއެވެ.
ނަސީބުވެރި ފަރާތަށް އައިފޯނު 15 ޕްރޯ މެކްސް ހަވާލުކުރާ ފޮޓޯއެއް ހިއްސާކޮށް އުރީދޫއިން މިއަދު ބުނީ ނަސީބުވެރިއަކަށް ހޮވިފައިވަނީ އަލީ ރަމީޒު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އުރީދޫ މޫލީ މެދުވެރިކޮށް އައިފޯނުގެ އެންމެ ފަހުގެ ފޯނުތައްވެސް ލިބެން ހުރިއިރު އުރީދޫއިން ބުނީ ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބުމުގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭ ގޮތަށެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެއެވެ.