އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރައްވާ މިއަދު ވަނީ މަގާމުގެ ލިޔުންވެސް ހަވާލު ކުރައްވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ އެވެ.

ކާނަލް ސަލީމް ވަނީ މީގެ ކުރިން ކޯސްޓްގާޑު ކޮމަންޑެންޓްގެ އިތުރުން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ.

މީގެ ކުރިން ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ. ނަމަވެސް މި މަހު ކުރީކޮޅު ހިލްމީ ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައެވެ.