އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމަން އާއިލާއާ މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބުނީ ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާ މެދު ގޮތެއް ނިންމުމަށް އާއިލާއާ ދަނީ މަޝްވަރާކުރަމުން ކަމަށެވެ. އަދި އެ މައްސަލާގެ ތަހުގީގު ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މަހުގެ 3 ވަނަ ދުވަހު ހެނދުނު އެ ރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނު އިރުވެސް އެ ކުއްޖާގެ ފުރާނައެއް ނެތެވެ. އެ މައްސަލައާ ގުޅިގެން ސްރީލަންކާ އަންހެނަކު ހަމަ އެ ދުވަހު ހައްޔަރުކޮށްފައިވާއިރު ޖެހިގެން އައި ދުވަހު އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ހައްޔަރުކޮށްފައިވަނީ ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރެވޭ އެ ރަށު ބްލިސް ގެސްޓް ހައުސްގައި މަސައްކަތް ކުރަމުންދިޔަ 30 އަހަރުގެ ސްރީލަންކާ އަންހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާއަށް ފުރަން ގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު އަނބުރާ މާލެ ގެނެސްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
އެ ކުއްޖާ ފުރަތަމަ ފެނިފައިވަނީ އެ ދުވަހު ހެނދުނު ކުނިކޮއްޓަށް ދިޔަ އެތަނުގެ ބިދޭސީ މުވައްޒަފަކަށެވެ. އެ ކުއްޖާ ފެނުނު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ އޮތީ ކުނި އުކާލަން ބޭނުންކުރާ ކަޅު ކޮތަޅަކަށްލާފައި ކަމަށާއި އެ ކުއްޖާގެ ފޫޅު ވެސް ނުކަނޑާ ކަމަށެވެ.
އެ ކުއްޖާ ވިހޭތާ މާގިނަ އިރުވެފައި ނުވާނެކަން ފާހަގަކުރަމުން އެ މީހާ ބުނީ ބެލެވޭ ގޮތުގައި އެންމެ އަވަހަށްވެސް އެކަން ކޮށްފައިވަނީ އެރޭގެ ދަންވަރު ނުވަތަ އެއަށްވުރެ ފަހުން ކަމަށެވެ.
ޢެކުއްޖާގެ މަންމަ ކުއްޖާ ވިހާފަ ކުއްޖާ އެއްލާލާފަ ފުރަން އެއާރޕޯޓަށް ދިޔައީ ކުއްޖާއާ ހަވާލު ނުވަންވެގެން ދެން ގޮތެއް ނިންމަން އޭނަކައިރިން އެހުމަށްވުރެ ނޭހުން މާބުއްދިވެރިހެން ހީވަނީ އޭނަ ކައިރިން އެހުމުން އޭނަބުނާނެތަ ބުނާނެނަމަ ތުއްތުތުއްތު މައުސޫމްކުއްޖަކެ ވިހާފަ ޑސްބިންބޭގަކަށް ލާފަ ކުނިތަކުގެ ތެރެއަށް އެއްލާލާކަށް ނުކެރުނީސް