ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ބޭނުން ކުރާ ކްލައުޑް ސީޑިން ޓެކްނޮލޮޖީގެ އެހީގައި ޕާސްކިތާންގައި ފުރަތަމަ ފަހަރަށް ވާރޭ ވެއްސައިފިއެވެ.
ކްލައުޑް ސީޑިންގައި މަތިންދާބޯޓުތުގައި އުދުހި ގޮސް ވިލާގެ ތެރެއަށް ސިލްވާ އައޮޑިން [ރީނޑު ކުލައަށް ދާ ލޮނު] އެސެޓޯންއާ އެއްކޮށް އަޅާލުމުން, ވިލާގަނޑު އިސާހިތަކު ވާރޭ ވިލާގަނޑަކަށް ބަދަލުވެ ވާރޭ ވެހެން ފަށައެވެ.
ޔޫއޭއީގެ އެހީގައި ޕާކިސްތާންގެ ލާހޯރު ހިމެނޭހެން 15 ކިލޯޓަރުގެ ސަރަހައްދަކަށް ވާރޭ ވެހިފައި ވެއެވެ. މިއީ ވައިނުސާފު ވުމުގެ މައްސަލަ ދިމާވެފައި ވާ ޕާކިސްތާނުން މިފަދަ ތަޖުރިބާއެއް ކުރި ފުރަތަމަ ފަހަރަށް ވާއިރު ޕާކިސްތާނަކީ ވައި ނުސާފުކަމަށް ދުނިޔޭގައި ލިސްޓުކުރާ ގައުމުތަކުގެ އެންމެ ކުރީގައި އޮންނަ އެއްގައުމެވެ. ޖެހިގެން އޮންނަ އިންޑިއާގެ ވެރިރަށް ދިއްލީ ހިމެނޭހެން ބައެއް ސަރަހައްދުތަކަކީވެސް އެހާ ވައިނުސާފު ތަންތަނެވެ.
ވައިނުސާފުވެ އާންމުންގެ ދިރިއުޅުނުގެ އާދަތަކަށް ބަދަލު އަންނަމުން ދާ ޕާކިސްތާންގައި ވަގުތީ ހައްލެއް ގެނެވޭތޯ މީހުންގެ މަސައްކަތު ވަގުތު ކުޑަކޮށް ސްކޫލުތަކުގައި އިތުރު ގަޑީގެ ހަރަކާތްތައް އޮންނަ 2 ދުވަސް ބަންދުކޮށްގެންވެސް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ނަމަވެސް އެއިން އެދެވޭ ނަތީޖާއެއް ހާސިލުވެފައި ނުވުމާއެކު އަލަށް ބޭނުން ކުރި މި ޓެކްނޮލޮޖީ ދޭތެރެ ދޭތެރެއިން ބޭނުން ކުރެއްވިއްޖެ ނަމަ އެކަށީގެންވާ ހައްލެއް ލިބިދާނެ ކަމަށް ޕާކިސްތާނުގެ ވަގުތީ ސަރުކާރުން ބުނެއެވެ.
ޔޫއޭއީ އަކީ އާންމުކޮށް މި ޒާތުގެ އާޓިފިޝަލް ވާރޭ ވެއްސާ ގައުމެކެވެ. އެގޮތުން އަހަރަކު 1000 އެއްހާ ފަހަރު އާޓިފިޝަލް ވާރޭ ވެއްސާކަމަށް ރިކޯޑްތަކުން ދައްކައެވެ. އެމެރިކާ, ޗައިނާ އަދި އިންޑިއާ އަކީ ވެސް މިގޮތަށް އާޓިފިޝަލް ވާރޭ ވެއްސާ ގައުމުތަކެކެވެ.
އެކްސްޕާޓުން ބުނާގޮތުގައި މިބާވަތުގެ އާޓިފިޝަލް ވާރޭ އާދައިގެ ވަރަކަށް ވެހުނު ނަމަވެސް ވައިނުސާފުވުން ހައްލުވުމަށް މަގުފަހިކޮށްދޭނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގައި ވައި ނުސާފުކަން ނުވަތަ ތަޣައްޔަރުކަން މިހާރުވެސް ހުރީ ޕީއެމް2.5 ގެ މިންގަނޑުގައެވެ. މިއީ އެ ތަޣައްޔަރުކަމަށް ނޭވާލައި އުޅޭ އިންސާނުންނަށް ކެންސަރު ޖެހުމުގެ މަގުފަހިވާ މިންގަނޑަކަށް ވާއިރު މިއީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި އޮންނަ ނުރައްކާ މިންވަރަށް ވުރެ 66 ގުނަ މަތީ މިންވަރެއް ކަމަށް ވެސް ބުނެއެވެ.
ޕާކިސްތާންގައި ވައި ނުސާފުވުމުގެ މައްސަލަތައް ފެންމަތިވާން ފެށީ އެގައުމުގައި ބޭނުން ކުރަމުން އަންނަ ދަށް ކޮލިޓީ ނުވަތަ ލޯ ގްރޭޑް ތެލާއި ދަނޑުބިންތައް އަންދާތީ އަރަމުންދާ ބޯދުމުގެ ސަބަބުންނެވެ. އެކަން އެހެން ހިނގާތާ އަހަރުތަކެއް ވެފައި ވާ އިރު, ފިނި މޫސުމުގައި ޓެމްޕަރޭޗާ ދަށްވެ ޖައްވުގައި ހިފެހެއްޓޭ ވިހަ ދުމުގެ ފަށަލަ ބޯވަމުން ބޯވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޑަބްލިއުއެޗްއޯ އިން ބުނާގޮތުގައި, އާންމުކޮށް މާ ގިނަ ދުވަހު މިވަފަ ވިހަ ދުމުގެ ތެރެއަށް ނޭވާލާ އުޅެން ވެއްޖެނަމަ, ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިތައް ޖެހުމާއި ލަންގް ކެންސަރު ފަދަ ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.