މީގެ އަހަރެއް ކުރިން ރަހުމްކުޑަ ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އަލީ ޝާހިލް ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް ވަކީލުން ހަމަޖައްސައިނުދޭން ދެން ނިންމައިފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ ހަވަނަ ދުވަހު ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާ އެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގަސްދުގައި މީހަކު މެރުން
  • ކެނަބިސް ބޭނުންކުރުން
  • އޮރިޔާން ކާޑު ގެންގުޅުން

ޝާހިލަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، ޝާހިލް މިއަދުގެ އަޑުއެހުމުގައި ވެސް ހުރީ ހަނު ކަމަށާއި، ޖަވާބުދާރީނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިގައި ހުރި ކަމަށް ނުބެލެވޭ ކަމަށެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި ދެ ފަހަރެއްގެ މަތިން ދައުލަތުގެ ހަރަދުގައި ޝާހިލަށް ދިފާއީ ވަކީލުން ހަމަޖައްސައިދިނުމުން ވެސް އޭނާގެ ފަރާތުން އެއްބާރުލުމެއް ނުލިބެއެވެ. އެހެންކަމުން ދެން ޝާހިލަށް ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައިނުދޭން ބަންޑާރަނައިބުގެ އޮފީހުން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެ މައްސަލައިގެ އަޑުއެހުމުގައި މިއަދު ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށާއި، އެ އަމުރުގެ ދަށުން މައްސަލައިގެ ލިޔުންތައް ކޯޓުގައި ހުރެ ބެލޭނެ ފުރުސަތު ޝާހިލަށް އޮންނާނެ ކަން އަންގާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރުމަށް ފަހު، މައްސަލައިގެ ލިޔުންތައް ކޯޓުގައި ހުރެގެން ބެލޭނެ އިންތިޒާމު ސާހިލް އަށް އޮންނާނެ ކަން އޭނާ އަށް އަންގާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ސާހިލްގެ ފަރާތުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށް ކޯޓުން ބުންޏެވެ.