ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކަށް ފެނުގެ ހިދުމަތް ކެނޑިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ، ފެނުގެ ހިދުމަތް މެދުކެނޑެން ދިމާވީ އާރްއޯ ޕްލާންޓްގެ ވީއެފްޑީ ޑްރައިވް އަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މިހާރު ވީއެފްޑީ ޑްރައިވް އެއް ހޯދި މާލެއިން އައްޑޫ އަށް އެންމެ އަވަހަށް ދަތުރުކުރާ ފްލައިޓް އަކުން އެއާ ފްރައިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ވަނީ މިއަދުގެ ވަގުތެއްގައި ފެނުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ސީދާ މިހިދުމަތް ފެށޭނެ ވަގުތެއް ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.

އަދި ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އައްޑޫގެ ރައްޔިތުން ކިބައިން ފަނަކައިން ވަނީ މައާފަށް ވެސް އެދިފައެވެ.

މިދިޔަ މޭއި މަހު ވެސް އައްޑޫ ސިޓީ ހިތަދޫގެ ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން މުޅި ރަށުން ފެނުގެ ހިދުމަތް ވަނީ ކަނޑައިގެން ގޮސްފައެވެ.