ރޭ މޯލްޑިވްސް ބޯޓިން އެވޯޑްސް ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ދެއްކެވި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އާއި ސަރުކާރަށް އަމާޒުވެއްޖެއެވެ.
ރޭގެ ހަފްލާގައި މިނިސްޓަރު ފައިސަލް އިނގިރޭސި ބަހުން ދެއްކެވި ވާހަކައިގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އިތުރު ކާމިޔާބީތަކެއް ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ހެދުމަށްޓަކައި ބޯޓިން އެސޯސިއޭޝަނުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ހަފްލާގައި މިނިސްޓަރު ފައިސަލް އިނގިރޭސި ބަހުން ވާހަކަ ދެއްކެވި އިރު ބްރޯކަން އިންގްލިޝް އިން ވާހަކަ ދައްކަވާފައި ވާތީ، ގިނަ ބަޔަކު ވަނީ މިއީ އެ ފަދަ ބޮޑު ހަފްލާއަކާ އެކަށީގެންވާ ވަރަށް ވުރެ އާދައިގެ ބަސްތައް ބޭނުން ކުރައްވައިގެން ދެއްކެވި ވާހަކައެއް ކަމަށް ބުނެފައެވެ. އަދި އިނގިރޭސި ބަހުގެ ހަމަތަކަށް އެއްވެސް އިސްކަމެއް ދެއްވާފައި ނެތްކަން ފާހަގަކޮށް ބައެއް ބަސްތައް ބޭނުން ކުރެއްވި ގޮތުން ބަހުގެ މާނަ އޮޅޭ ހިސާބަށްވެސް ގޮސްފައި ވާކަމަށް ބައެއް ފަރާތަތްކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ ބަޔަކު ވަނީ ތައުލީމީ އެތައް ބަޔަކު ތިއްބާ، މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން، ދިވެހިންނަށް ކުރި މަލާމާތެއް ކަމުގައި ބުނެފައެވެ. އަދި މިނިސްޓަރު ފައިސަލްގެ އެ ތަގުރީރު ލިޔުނު މީހާއަށްވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އިރު މިއީ މި ވަރުގެ ބޮޑު ހަފްލާއެއްގައި ހުށަހެޅި ވަރަށް 'ފެންވަރު ދަށް' ވާހައެއްކަމުގައި ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި އެންމެ އަޑުހަރުކޮށް ދެއްކެވި އެއް ވާހަކަ ކަމުގައިވާ ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް ތިއްބަވާނީ އިލްމީ އަދި ކަމަށް ގާބިލު ބޭފުޅުން ކަމުގައި ވިދާޅުވި ވާހަކައަށް ވެސް ބައެއް މީހުން ވަނީ އަލިއަޅުވާލާފައެވެ. އެ ގޮތުން "ތައުލީމީ ވަރުގަދަ ސިއްސާލާވަރުގެ މޮޅު ކެބިނެޓެއް ނެރޭނެ ކަމަށް ބުނެ ފޮނިކަނޑާފަ މި ކަހަލަ މީހުން ކެބިނެޓަށް ލީމަ މިވާހަ ކަދައްކާނެ އޮޅުވާނުލައްވާ" ޕޯސްޓުގައި ބުނެފައި ވެއެެވެ.
މެލޭޝިއާގެ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ފައިސަލްއަށް ލިބިވަޑައިގެންފައިވާ ސަނަދަކީ ސައްހަ ސަނަދެއް ނޫންކަމަށް ބުނެވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައިރު މިނިސްޓަރު ފައިސަލުގެ ގާބިލުކަމާ މެދު ވިސްނާލުމަށް ރައީސް މުއިއްޒު އަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މިނިސްޓަރު ފައިސަލުގެ ދިފާއުގައި ވެސް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ. އެ ގޮތުން ބައެއް ފަރާތްތަކުން ވަނީ ޕަބްލިކް ސްޕީޗް ދިނުމަކީ ކޮންމެ މީހަކަށް ފަސޭހަކަމަށް ނުވެދާނެ ކަމަށާ އެ މަގާމުގައި ގިނަ ދުވަސްވެ އެކަން ކުރައްވަން ފެއްޓެވުމުން ރަނގަޅުވާނެ ކަަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ޕީއެންސީގެ ބައެއް މެންބަރުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވާހަކަ ދެއްކުމުގެ 'ފެންވަރުވެސް' ހަނދާންކޮށް ދީ ފާޑުކިޔާފައެވެ.
ދަ ބިނިގިން ... ދަ ބިނިންގިން ދަ ބިބި... ބިގިނިން
ކަނބުލޮގެ މަގާމު ދިފާއުކުރަން ކުރަން ޖެހޭކަމެއް ތހިޔަ ކުރަނީ. އަމުދުން ތިޔަ ގޮއްޔެއަކީ ތިޔަ މަގާމަށް ކުފޫވެސް ހަމަވާ މީހެއް ނޫންކަން އެނގެނީ ޑިފެންސަށް ތިޔަވަރަށް ކުޅޭތީ.
ގަޑެއްބަލައިގެންކީ ރަގަޅުމީހަކުލައްވާލިޔެގެންކީނަމަ،މުއިޒްހުވާކުރިދުވަހުގެސުޕީޗު އާދަންނަަިރުލައްވާލިއުންގޮތައްލިޔެވުނީސްތާ