މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފައެވެ. އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށްރަށުގައި ބޭއްވި މި ދުވުމުގައި ބައިވެރިވެފައެވެ.

މިއަދު ބޭއްވި މި ދުވުން ނިންމާލުމަށް ފަހު ބޭންކުގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީގެ (އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އާންމުކޮން މިފަދަ އިވެންޓްތައް ބާއްވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމް ތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.