އެކި ވުޒާރާތަކުގެ ވަޒީރުންގެ ނައިބު ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު 17 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 11 ވުޒާރާއަކަށް ނައިބު ވަޒީރުންގެ ފެންވަރުގައި 17 ބޭފުޅަކު އައްޔަންކޮށްފައިވެއެވެ. އެ ބޭފުޅުންނަކީ:

އެޑިއުކޭޝަން މިނިސްޓްރީ

  • އައިމިނަތު ނާޒިމާ، ހ. ފައިންޕާކް / މާލެ
  • އައިމިނަތު މާރިޔާ، މ. ހަވާއީ / މާލެ
  • ޝަޖާހު ފިރާގު، ސައުދީ މަންޒިލް / ހއ. ބާރަށް

ޓޫރިޒަމް މިނިސްޓްރީ

  • ނާޝިމާ އަބްދުއްލަތީފް، މ. ލައިޓްޝެޑޯ / މާލެ
  • އިބްރާހީމް ސުއޫދު، ބޮޑުކެކުރިމާގެ / ހއ. ބާރަށް
  • އަޝްހަދު ސައީދު، އަބުގަސްދޮށުގެ / ގއ. ދެއްވަދޫ

ސޯޝަލް މިނިސްޓްރީ

  • ހަސްމާ ހަސަން މަނިކު، ދެރަހަ / ގދ. ހޯނޑެއްދޫ
  • އައިމިނަތު ނަމްޒާ، މ. ހަނީކޮމްބް / މާލެ
  • އައިމިނަތު އިސްމާއީލް، މ. ޗާލޮޓް / މާލެ

މީގެ އިތުރުން ރައީސް ވަޒީރުންގެ ނައިބުން ކަމަށް އައްޔަނުކުރެއްވީ:

  • ފޮރިން މިނިސްޓްރީ - އިބްރާހީމް ޝާޒް ހަބީބު، ހ. ޖާވާ / މާލެ
  • ހޯމް މިނިސްޓްރީ - އަމާނީ މުހައްމަދު، މަތިމަރަދޫ. ރޯޒީސައިޑް / ލ. ގަން
  • ހެލްތު މިނިސްޓްރީ - އަލީ ނާސިރު، ހަވާސާ / ލ. މާބައިދޫ
  • ހައުސިން މިނިސްޓްރީ - އަޒްހަރު އަބްދުﷲ ސައީދު، ސީނާޒް / ގދ. މަޑަވެލި
  • ޓްރާންސްޕޯޓް މިނިސްޓްރީ - އިބްރާހީމް ޔާސިރު، ވ. އެލަމް
  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީ - އައިމިނަތު ޝަޝީ، މ. ހާފުސް / މާލެ
  • ޔޫތު މިނިސްޓްރީ - މަރިޔަމް ޝިއުނާ، ހުޅުމާލެ ފްލެޓް 02-3-160
  • ލޯކަލް ގަވަމެންޓު މިނިސްޓްރީ - އިބްރާހީމް ފަޔާޒް، މ. މެރީޑްރީމް / މާލެ

މި 17 ބޭފުޅުންގެ މައުލޫމާތު މިއަދު އާންމުކުރި ނަމަވެސް، މީގެ ތެރެއިން ބައެއް ބޭފުޅުން އެކި މިނިސްޓްރީތަކުގެ ނައިބުންނަށް މީގެ ފަސް ދުވަސް ކުރިން އައްޔަނުކޮށްފައިވެއެވެ.