މަސްތުވާތަކެތި ގެންގުޅުނު މީހަކު ހުއްޓުވަން އުޅެނިކޮށް ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 8:19 ހާއިރު ޖަނަވަރީ މަގުން ފުލުހުން ޕެޓްރޯލް ކުރަމުން ދިޔަ އިރު މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ މައްސަލާއާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީހާއަށް ލިބުނީ ކޮން އަނިޔާއެއް ކަމެއް އަދި ހައްޔަރުކުރި މީހާގެ އަތުން މަސްތުވާތަކެތި ފެނުނު ކަން ސާފުވެފައެއް ނުވެއެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުުހން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް މި ފަދަ މައްސަލަތަކުގައި މީހުން ހިފަހައްޓަން މަސައްކަތް ކުރާ ފުލުހުންނަށް އަނިޔާވެފައި އަދި ހަމަލާދީފައިވެސް އެބަ ހުއްޓެވެ.