ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ފަރުވާދޭން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 12:09 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނި ބުނެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ހިމެނޭ އުޅަދުތައް ދުއްވާފައިވަނީ "އީ" ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މި އެކްސިޑެންޓްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު އެކަކުގެ ފަޔަށް ވަރަށް ބޮޑަށް ޒަހަމްވެ، ލޭ އާދެއެވެ. އަދި ގަމީހުގެ ބައެއް އިރައިގެން ގޮސްފައިވާއިރު އެ މީހާގެ ކައިރީގައި ތިން މީހަކު ހަރަކާތްތެރިވަމުންގެންދާތަން އެ ފޮޓޯއިން ފެނެއެވެ.