މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން ހަދާ ބްރިޖުގެ މަސައްކަތަކީ ކުރީ ސަރުކާރުން ހިންގަން ފެށި އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ލަސްވެފައި މަސައްކަތް ކުރިއަށް ދާ މަންޒަރު ނުފެންނާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އައިސްފައިވާ އިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، އެ ބްރިޖުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އިއްޔެ ރައީސް މުއިއްޒު އާއެކު މި ސަރުކާރުން އިސް ވެރިންގެ ވަފުދެއް ވަނީ ބްރިޖް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މަސައްކަތް ހިންގާ ސައިޓުތަކަށް ޒިޔާރަތްކުރައްވާ އެފްކޯންސްގެ މަސައްކަތް ބައްލަވާލައްވާފައެވެ.
ބްރިޖުގެ މަސައްކަތްތަކުގެ ތެރެއިން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސްވެފައިވާ އިރު، އަދިވެސް އެދެވޭ ނަތީޖާއެއް މި މަސައްކަތުން ނުފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ބްރިޖުގެ މަސައްކަތް ފެށި އިރު އެކި ހާދިސާތައް ހިނގާފައި ވުމާއި މަސައްކަތް ނިންމަން ބުނި ތާރީހަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ކަންބޮޑުވުމަކީ ވެސް އާންމުންގެ ޝަކުވާއެކެވެ.
އެގޮތުން އެ ބްރިޖަށް އެރުމަކީ ރައްކާތެރިކަމެއް ތޯ ބުނެ ބްރިޖުގެ ކޮލިޓީއާ މެދުވެސް ސުވާލު އުފައްދާ ގިނަ ބަޔަކު އުޅެއެވެ. ގުޅިފަޅުގައި ކާސްޓިން މަސައްކަތް ކުރާ އިރު، ދޭ ހާ އަތްވަކާއި ވާރޭގައި ހަދަމުންދާ ބްރިޖުގެ ބައިތަކުގެ ކޮލިޓީ ދަށްވާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އުމްރާނީ ތަރައްގީގެ ގޮތުގައި މި ވަގުތު ރާއްޖޭގައި ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއަށް ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ކަަމަށް ބުނި ނަމަވެސް، ޑރ. މުއިއްޒާއި އެމަނިކުފާނުގެ ޓީމުން މި މަޝްރޫއު ހިންގާ އެފްކޯންސް ކުންފުންޏަށް ފުރިހަމަ އިތުބާރު ކުރައްވާ ކަން މިއަދު ހާމަވެއްޖެއެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އުފެއްދި އާ މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ އެފްކޯންސްގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. ސިނަމާލެ ބްރިޖް މަސައްކަތުގެ ކަންކަން ވެސް ވަރަށް ގާތުން ބެއްލެވި އެ މިނިސްޓަރުގެ ވާހަކައިން އެފްކޯންސްގެ މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ކަނޑުގެ ފުން ސަރަހައްދުތަކުގައި ބްރިޖު އެޅުމުގެ ގާބިލްކަން ހުރީ ދުނިޔޭގެ މަދު ކުންފުނިތަކެއްގައި ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު ލަސްވާން ޖެހުނު އެއް ސަބަބަކީ ވެސް މި މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ކުންފުންޏަކަށް "އަންޑައެސްޓިމޭޓް" ކުރެވުމުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ އޮއެވަރަށް ބަލައި ކަނޑު އަޑީއަގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް ކުރާ އިރު، މުރަކަތަކުގެ ތަފްސީލް ނޭނގި އޮތުމަކީ އެ ކުންފުންޏަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި ކަންކަން އެފްކޯންސްއަށް އެނގެމުން އައީ މަސައްކަތް ކުރިއަށް ދިޔަ އިރު، ކުރިމަތިވި ހާދިސާތަކުންނާއި ފުރިހަމައަށް ތަނބުތައް ޖެހުމުގެ މަސައްކަތް ނުކުރެވުމުންނެވެ.
އެންމެ ފުރަތަމަ ތަނބުތައް ޖެހުމަށް ޕައިލިން މަސައްކަތް ކުރުމަށް ވެސް ރާއްޖެއަށް އެފްކޯންސް އިން ގެނައި އުޅަނދުތައް އަނބުރާ ފޮނުވާލަން ޖެހުނީ ވެސް މި ސަބަބުތަކާ ހުރެއެވެ. އެ ގޮތުން މިނިސްޓަރު މިއަދުގެ ވާހަކައިގައި ވަނީ މާލެ ސަރަހައްދުން ކަނޑުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތް ކުރަން ގެނައި "ރުމައިލާ" ނަމަކަށް ކިޔާ އުޅަނދު ފޮނުވާ ލަން ޖެހުނީ އެހެންވެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިހާރު އެފްކޯންސްއަށް ލިބުނު ތަޖުރިބާގެ އަލީގައި އެ ކުންފުނިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ކަނޑުގެ ފުން ސަރަހައްދުތަކުގައި ތަނބުތައް ޖެހުމަށް ހާއްސަ 3 ބާޖެއް ގެނެސްފައިވާ އިރު، މާލެއާއި ވިލިމާލެއާ ދެމެދު މިހާރު އެ ބާޖުތަކުން ދަނީ ފައިލިން މަސައްކަތް ކުރަމުންނެވެ.
އެހެންކަމުން މިހާރު މި މަޝްރޫއުގެ ސްޕީޑް ފެނިގެން ދާނެ ކަމަށާއި ބްރިޖު ނިންމަން ފަހުން އެއްބަސްވި ތާރީހު ކަމަށް ވާ ސެޕްޓެމްބަރު 30، 2026 އަށް ނުވަތަ އެއަށް ވުރެ އަވަހަށް ވެސް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ބްރިޖުގެ ކޮލިޓީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރި ޗައިނާގެ ބޮޑު ކުންފުންޏާއި އިންޑީއާގެ އެފްކޯންސްއާ އަޅާ ނުކިޔޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެފްކޯންސް އިން ކުރަމުންދާ މަސައްކަތްތަކުގެ ކޮލިޓީ ޗެކްކޮށް ބަލަމުން ދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ކޮންމެ ޕައިލިން މަސައްކަތެއް ވެސް ޗެކްކޮށް ޑާޓާ އެންޓާ ކުރާ ކަމަށާއި ޕައިލިން މަސައްކަތް ކޮލިޓީއާ އެއްހަމަ ނުވާ ނަމަ، އެކަން ރަނގަޅުކޮށް ބޭނުންވާ ކޮލިޓީއާ އެއްވަރަށް މަސައްކަތް ކުރިއަށް ގެންދާ ކަަމަށް މުއްތަލިބް ވިދާޅުވިއެވެ.
ބްރިޖުގެ ކޮލިޓީއާ މެދު އާންމުންގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބެއް ލިބިގެން ދާނީ އެ ބްރިޖު އަޅައި ނިމި ބޭނުން ކުރަން ފެށުމުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެފަދަ ސުވާލުތަކަކީ ޗައިނާއިން އެޅި ސިނަމާލެ ބްރިޖު މަސައްކަތް ކުރި އިރު ވެސް އާންމުން އުފެއްދި ސުވާލުތައް ކަމަށާއި ނަމަވެސް ބްރިޖު ނިމުމުން އެ ފާޑުކިޔުން ފަނޑުވެގެން ދިޔަ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މި ސަރުކާރު އައުމާ އެކު ކުރީ ސަރުކާރުން ހިންގަން ފެށި މި މަޝްރޫއު އިންޑިއާގެ އެފްކޯންސް އަތުން އަތުލައި ޗައިނާގެ ކުންފުންޏަކަށް ދީފާނެ ކަމާ މެދު ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މިކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، އެފްކޯންސް އަކީ "ނާގާބިލް" ކުންފުންޏެއް ގޮތުގައި ނުދެކޭ ކަމަށެވެ. މާޒީއަށް ބަލައިގެން ކުރިއަށް ނުދެވޭނެ ކަމަށާއި އެފްކޯންސް އިން މިހާރު ދީފައިވާ މުއްދަތާއި މަސައްކަތް ކުރިއަށް ދާ ގޮތުން ދީފައިވާ ތާރީހަކީ "ރިއަލިސްޓިކް" ތާޜީހެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ބްރިޖު މަޝްރޫއު ހިންގަމުންދާ އެފްކޯންސް ކުންފުންޏާ މެދު ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު އޮތް ކަން މިއަދު މިނިސްޓަރު މުއްތަލިބްގެ ވާހަކައިން ދޭހަވެއްޖެއެވެ. ހަމައެއާއެކު އިއްޔެ މުއިއްޒު ކުރެއްވި ޒިޔާރާތުގައި ވެސް އެމަނިކުފާނުގެ މޫނުފުޅުން ވެސް ފެނިގެން ދިޔައީ އެފްކޯންސްގެ މަސައްކަތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ފަދަ މަންޒަރުތަކެކެވެ.
އެފްކޮންސް އަކަށް ތިޔާކަމެއް ނުވާނެ ހަމަ “ބޮނޑުނަގުލަށް” ދާނީ.
ކިހިނެއްތޭ ބްރިޖްގެ ކޮލިޓީ އެންމެ ދުވަހެއްގެ އެންމެ ބައިގަޑިއިރު ތެރޭގައި ބްރިޖްގެ ކޮލިޓީ ރަނގަޅޭ ބުނެވޭނީ އިންޑިއާ މީހުންނަކީ ޑޮކިއުމެންޓް ފުރިހަމަ ކުރާނެ ބައެކޭ އެކަމަކު ޕްރެކްޓިކަލް އެޕްލިކޭޝަން ގައި ތަފާތުވާނެއޭ މަމެން ދަންނަމޭ އިންޑިއަން ވާރކިންގް ކަލްޗަރ އިންޑިއާގައި ބްރިޖެއް ނުވެއްޓޭ އަހަރެއް ނުދޭ އެހުރިހާ ބްރިޖްސް ތަކުގެ ކޮލިޓީ ގެ ކަރުދާސް ތައް ހުރެއޭ މަމެން ސުވާލަކީ ދަބަރު ޖަހާފައި ހުންނަ ދަގަނޑު ތައް ކޮންކްރީޓަށް ލައްވަނީ ކިއެއްވެތޭ މުއްތަލިބު އިންޑިއާގެ އެފްކޮންސް އަތުން ކަޓްކާލައިގެން ހަދަނީ ރޯބުހުތާނު ދޮގޭ ދޮގޭ ދޮގޭ ޗައިނާގެ އެހީގައި އެޅި ބްރިޖް ދަށުން ދާއިރު މިހާރު ދަބަރު ހިލެން ފަށައިފިއޭ އަދި 5 އަހަރު ނުވެއޭ މީވެސް ބަލަން ޖެހޭނެ ކަންކަމޭ...
ކީހާޅެން ފަރިއްސަށްވެ ނިމިއްޖެ،
އެފްކޮންސް އަށް މުއްދަތަށް މަސައްކަތް ނުނިމުނު އިރު ވެސް މުއިއްޒުގެ އިތުބާރު އެމެންނަށް އޮތުން ތީ ދެން ބޮޑު ޖޯކެއްދޯ ކަޓްދިނީމާ އިތުބާރު ކުރެވުނީ އެއީވީ ގޮތަކީ ތިޔާ ބްރިޖް ނުނިމޭނެއޭ އިބްޑިއާ ސިފައިން ވެސް ނުބާލާނެއޭ