ފޮންޑް މޯލްޑިވްސްއާއި އުރީދޫގެ މޫލީ ކުރިއަށްގެންދާ ގިވްއަވޭގައި ބައިވެރިވެގެން ފޮންޑްގެ ޕާފިއުމް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޮންޑް މޯލްޑިވްސްއަކީ ދިވެހި އުފެއްދުމެއް ތައާރަފްކުރުމަށް ކުރެވުނު ހިޔާލުތަކުގެ ތެރެއިން އުފަންވި ހިޔާލަކަށްވާއިރު އެ ކުންފުނީގެ އަމާޒަކީ އޮރިޖިނަލް އިމްޕޯޓެޑް ޕާފިއުމްއާއި ވާދަ ކުރެވޭ ފެންވަރުގެ ޕާފިއުމެއް އުފެއްދުމުގެ އިތުރުން އުފައްދާ ޕާފިއުމްއަކީ ފެންވަރު ރަނގަޅު އެހެނަސް އެންމެނަށްވެސް ގަނެވޭ އަގެއްގައި ލިބެން ހުންނަ ޕާފިއުމްއަކަށް ހެދުމެވެ.

ފޮންޑްއިން މޫލީއާ ގުޅިގެން ކުރިއަށްގެންދާ ގިވްއަވޭގައި ނަސީބުވެރި އެއްފަރާތެއް ހޮވާއިރު އެ ހަރަކާތްކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަކާ ހަމައަށެވެ.

މޫލީއިން ބުނީ އެ ގިވްއަވޭގައި ބައިވެރިވުމަށް އެ ފޯސްޓަށް ލައިކްކޮ،ށް ފޮންޑް މޯލްޑިވްސް އަދި މޫލީއަށް ފޮލޯކުރުމާއެކު ކޮމެންޓުގައި ދެ މީހަކަށް ޓެގު ކޮށް ހޭސްޓެގް "ފަންވިތްމޫލީ" ޖަހަންވާނެ ކަމަށެވެ. އަދި އެ ގިވްއަވޭގައި ބައިވެރިވުމަށް އެންމެންނަށް ފެންނަހެން އެ ޕޯސްޓް ޕަބްލިކުގައި ސެއާކުރަންވެސް ޖެހޭނެއެވެ.

ފޮންޑް މޯލްޑިވްސްގެ ސްޓޭންޑާޑަކީ އެ ކުންފުނިން އުފައްދާ ޕާފިއުމްގައި މީރުވަހެއް ހުރުމާއިއެކު އަށްގަޑި އިރާއި ބާރަ ގަޑިއިރަށް ވަސް ހުރުމެވެ.

ފޮންޑްގެ ޖެނެރަލް މެނޭޖަ އިނާޔަތު ސައީދު ޕާފިމުގެ އަގު އެއްހާސް ރުފިޔާއަށް ވުރެ ދަށް އަގެއްގައި ހިފެހެއްޓާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ރޯމެޓެރީއަލް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ގެނެސް ރާއްޖޭގައި ބަންދުކޮށް، ފޮންޑުގެ ދެ ޕާފިއުމް އެއް މިހާތަނަށް ބާޒާރަށް ނެރެފައިވާއިރު ކަސްޓަމަރުންގެ ވަރަށްބޮޑު ތަރްހީބެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތްތަނުގައި އެ ބްރޭންޑްގެ އާ ދެ ސެންޓް ބާޒާރަށް ނެރެވުމުންދާނެ ކަމަށާއި ޕޮންޑްގެ ޕާފިއުމްތައް މި ވަގުތު މޫލީގެ އިތުރުން މާލޭގައި ބަނީރާ، ބިއުޓެކް އަދި ސޯސަންމަގުގައި ހުންނަ ޕާފިއުމަރީން ލިބެން ހުންނާނެ ކަމަށާއި ހުޅުމާލެއިން ނަމަ ރަވެލް އަދި ބިޔުޓީ ސްޓްރީޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

އިނާޔަތު ވިދާޅުވީ ފޮންޑްގެ ޝޯރޫމް އަންނަ މަހުގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.