ފުލުހުން ވަކިކޮށްފައި ހުރި ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަައްޔަނު ކުރަން މަސައްކަތް ކުރަމުންދާ ކަން އެނގިއްޖެއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޓޫފޯ ހަމަޖއްސަން މަސައްކަތް ކުރަމުން އަންނަ އިރު، އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މިހާރު އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޓޫފޯ މަގާމުން ވަކިކޮށްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަންފީޒް ކުރި ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ހުށަހަޅައިގެންނެވެ. މި ނިންމުމާ ގުޅިގެން 2022 ވަނަ އަހަރުގެ ފަހު ކޮޅު އޭނާގެ ފަރާތުން މި މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލައި އެ ކޯޓުން މައްސަލަ ނިންމާފައި ވަނީ، ޕޮލިސް ބޯޑުން އެމީހުން މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެހެންކަމުން ދައުލަތުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ، އެ މައްސަލާގައި ހިމެނޭ މުހައްމަދު ޖަމްޝީދާއި ޓޫފޯ ފުލުހުންގެ ވަޒީފާއިން ވަޒީފާއިން ވަކިކޮށްފައި ވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށެވެ. އެހެންވެ ޓޫފޯ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެހެންކަމުން ޓޫފޯއަށް ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމަޖެއްސެން އޮތީ ކޯޓުގައި އޮތް މި މައްސަލަ ނިމުމުންނެވެ.
ޕޮލިސް ކޮމިޝަނަރަކަށް ޓޫފޯ އައްޔަން ކުރަން މަސައްކަތް ކުރަމުން އަންނަ އިރު، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި އަލީ ރަޝީދާއި މަންނާނު ޔޫސުފް މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުން އަނގައިކަން ވެސް 'ދަ ޕަރެސްް' އަށް ވަނީ އެނގިފައެވެ.
އެ ބޭފުލުން މަގާމުން އިސްތިއުފާ ދެެއްވި އިރު، މަންނާން ޔޫސުފް ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައެވެ. އެނާ އެ މަގާމަށް އައްޔަން ކުރީ އެ ކޮމިޝަނަރުގެ މަގާމުން މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމުންނެވެ.