ގިނަ މީހުން ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކް ނޭޕާލުގައި މަނާކޮށްފިއެވެ.

އިޖުތިމާއީ ހަމަނުޖެހުން މި އެޕްލިކޭޝަންގެ ސަބަބުން އުފައްދާ ކަމަށް ބުނެ ނޭޕާލުގައި ޓިކްޓޮކް މަނާކުރިއިރު ރިޕޯޓްތައް ބުނާގޮތުގައި އެ އެޕްލިކޭޝަން "ބޭން" ކުރީ އޭގެ ސަބަބުން އާއިލީ ގުޅުމަށްވެސް ބުރު އަރައި، ރަހުމަތްތެރިންނާ މެދުވެސް ދެކޭ ގޮތް ތަފާތުވުމާއެކު ކަމަށެވެ. އެ ގައުމުގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ އެޕްލިކޭޝަން ގެ މައްސަލަތައް މިދިޔަ ހަތަރު އަހަރު ތެރޭގައި 1600 އަށް ވުރެ މައްޗައް އަރައެވެ. އެއީ ސައިބާ ކްރައިމްގެ މައްސަލަތަކެވެ.

ޓިކްޓޮކް އަކީ ރާއްޖޭގައި އެތައް ބަޔަކު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. ނޭޕާލުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރިއިރު އިންޑިއާގައި ވެސް ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އެ ގައުމުގައި ޓިކްޓޮކް މަނާކުރީ މޮޅު ގޮތްގޮތަށް ޓިކްޓޮކް ހަދަން އުޅުމުގެ ތެރޭގައި ގެއްލޭ ފުރާނަ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ޓްރެއިންތައް އަންނަ ހިސާބުގައި މީހަކު ޓިކްޓޮކެއް ކުޅެން އުޅުމުގެ ތެރޭގައި ވަނީ ޓްރެއިން ދަށުވެ މަރުވެފައެވެ. އަދި އެމެރިކާގެ ސިޓީއެއްކަމަށްވާ މޮންޓާނާއިންވެސް ވަނީ ޓިކްޓޮކް ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ. ޓިކްޓޮކް ބޭން ކުރި ގައުމުތަކުގެ ތެރޭގައި ޔޫކޭ، ޔޫއެސް އަދި ނިއުޒިލޭންޑް ހިމެނެއެވެ.

ޓިކްޓޮކް ޓްރެންޑުތަކަކީ މިހާރު ޒަމާނީ ޓްރެންޑުތަކެކެވެ. ޓްރެންޑެއް ވައިގައި ހިފައިފިނަމަ ޓިކްޓޮކް އިން ފެނިގެންދާނީ ގިނައިން އެ ޓްރެންޑާ ގުޅޭ ވީޑިއޯ ތަކެވެ.