މަސްދޯނިތަކުގެ ސަލާމަތާއި ފަޅުވެރިންގެ ރައްކާތެރިކަމަށް ބޯޓްބިލްޑިން ކޯޑެއްގެ މުހިއްމުކަން ވަނީ ބޭނުންވެފައި ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިހެން ބުނެފައިވަނީ މީގެ 6 އަހަރު ކުރިން ބަތް ގއ. ގެމަނަފުށި "އޯކިޑް 707" ނަމަކަށް ކިޔާ ދޯނި މެެދުން ބިންދައިގެން ގޮސް އިއްޔެ ހިނގި ހާދިސާއާ ގުޅިގެންނެވެ.

މިފްކޯއިން ވަނީ އޯކިޑު 707 ދޯނި ބިންދައިގެން ދިޔުމަކީ މިފްކޯ އިން ވަރަށް ކަންބޮޑުވާ ވަރަށް ހިތާމަވެރި ހާދިސާއެއްކަން ފާހަގަކުރަމުން އެ ދޯނީގެ ވެރިންނާއި ފަޅުވެރިންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް ދުާ ކުރާ ކަމަށް ބުނެފައެވެ.

މިފްކޯއިން ބުނީ މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ ސަލާމަތާއި ފަޅުވެރިންގެ ރައްކާތެރި ކަމަށް ދޯނިފަހަރު ބަނުމުގައި އިތުރަށް ބަލަންޖެހޭ ކަންކަމަށް ސަމާލުވެ ބޯޓްބިލްޑިން ކޯޑެއްގެ މުހިއްމުކަން ވަނީ އަވަހަށް ބޭނުންވެފައި ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ ސައިޒުން ބޮޑުވެ ގިނަވަގުތު ކަނޑުމަތީގައި ހަރަކާތްތެރިވާއިރު ޒަމާނީ ވަސީލަތްތަކާއިއެކު ސައިޒުން ބޮޑެތި ދޯނިފަހަރު މަހަށް ދުރު ހިސާބުތަކަށް ނިކުންނަން ޖެހޭ ކަމަށް މިފްކޯއިން ބުނެއެވެ.

އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ބިންދައިގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު ގާތްގަނޑަކަށް 10:40 ހާއިރެވެ. އަދި 111 ފޫޓު ހުރި އެ ދޯނީގައި 10 ދިވެހިންނާއި 13 ބިދޭސީން މަސައްކަތް ކުރަމުންދާއިރު އެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.