ދައުލަށް އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫއެއް ނުހިންގި މި ސަރުކާރުގެ ދަރަނި ވީ އިތުރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ހާލަތު މިވަގުތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ. އެގޮތުން ބަލާއިރު ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާފައި ވާއިރު މިހާރު ހިނގަމުންދާ ސަރުކާރުން އުފަންކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތްނަމަވެސް، ދައުލަތަށް އާމްދަނީއެއް ވަންނާނެ ފަދަ ފައިދާހުރި ބޮޑު މަޝްރޫއެއް މި ސަރުކާރަށް ހިންގިފައި ނުވާކަމަށާއި ތިލަމާލޭ ބްރިޖު މަޝްރޫއު ނުނިމި ދިގުލައިގެން ދިޔުން އެކަމުގެ މިސާލަކަށް ފުދޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ މި ސަރުކާރުން ދަރަންޏަށް ނެގި ފައިސާ، ސިޔާސީ އެކި ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.
ނެގި ލޯނުތަކުން ވެސް ދައުލަތަށް އާމްދަނީއެއް ލިބޭ ފަދަ މަޝްރޫއެއް ހިންގިފައި ނުވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އަވަށްޓެރި ބައެއް ގައުމުތަކުން، ހާއްސަކޮށް އިންޑިއާއިން ނަގާފައިވާ ދަރަނި ގާތް ގަނޑަކަށް 3.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު އެއިން ވެސް ސީދާ އާމްދަނީ ލިބޭނެ މަޝްރޫއެއް ހިންގިފައި ނުވާ ކަމަށެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަހަތާއި ތަރައްގީއާއި ކުރިއެރުމަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ.
ނަސްރުގެ ދުވަހު މުއިއްޒު ހުރީ ކޮންތާކުތޭ ރާއްޖޭގައި ތޭ ނޫނޭ ސިންގަޕޫރުގައޭ ބާޒާރުކުރަނީއޭ އަނބިގޮއްޔެ ގޮވައިގެން ދައުލަތުގެ ބަޖެޓްގެ ފައިސާ އިން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ބެބޫ ހެދިގެން ހުވާ ކުރަން ނިކަން ވަރުހުރެއޭ މަ ރަނގަޅު ރަނގަޅު ރަނގަޅު ތިޔާ އޮތީ ޕްރޯ މޯލްޑިވްސް ވެފައޭ ތަ ޕްރޯ މޯލްޑިވްސް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ...