ބޮޑެތި ޑިސްކައުންޓްތައް ލިބޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން "އެސްޓީއޯ އިޔާއެންޑް ސޭލް 2023" ފަށައިފިއެވެ.

އެސްޓިއޯގެ އިޔާއެންޑް ސޭލް ފައްޓަވައިދެއްވީ އެސްޓިއޯގެ މިއަދު މެންދުރުފަހު، އެސްޓީއޯގެ ޖެނެރަލް މެނޭޖާ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސޭލް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށެވެ.

މި ސޭލްގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓްތައް ދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ހަމައެއާއެކު ބަންޑްލް އޮފާތައް ވެސް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރަކު ވެސް އަހަރުގެ ފަހުކޮޅު "އިޔާއެންޑް ސޭލް" ގެ ނަމުގައި އެސްޓީއޯއިން އަންނަނީ ސޭލްއެއް ކުރިއަށް ގެންދަމުންނެވެ.