އަންނަ އަހަރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޖުމް 404 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފޮތް އެ މިނސިްޓްރީން އާންމު ކޮށްފައިވާ އިރު، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 404 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު އޭގެތެރެއިން އެފްޑީސީ އިން ހިންގާ ސޯޝަލް ހައުސިންއަށް ވަނީ 286 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައެވެ. މީގެ އިތުރުން ބާކީ 118 މިލިއަން ރުފިޔާ އަކީވެސް ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހިމަނާފައިވާ ކަމަށް އެ މިނިސްތްރީން ބުނެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މާލެ ސަރަހައްދުން 65،000 ގެދޮރު ބިނާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި 65،000 ގެދޮރު ބިނާ ކުރާނީ ގުޅީ ފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރު ފަޅު ހިއްކައިގެން ކަމަށް ވެސް މުއއިްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބަޖެޓު ކަނޑައަޅާފައިވާ ގޮތް ފިނޭންސުން ހާމަކޮށްފައިވާ އިރު، ބިން ހިއްކުމަށް 1.12 ބިލިއަން ރުިފޔާ ހިމްނާފައިވާ އިރު، ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓުގައި ވަނީ 400 މިލިއަން ރުފިޔާ ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ 49 ބިލިއަން ރުފިޔާ ަކަމށް ފިނޭނސް މިނިސްޓްރީން ބުނާ އިރު، ހަރަދުގެ ގޮތުގައި ހިމާޏްަފައި ވަނީ 47 ބިލިއަން ރުފިޔާއެވެ. އެގޮތުން ބަޖެޓްގެ ބޮޑު ބައެއް ބޭނުން ކުރަން ނިްމާފައި ވަނީ ރިކަރެންތް ހަރަދުގެ ގޮތުގައެވެ. އެއީ ބަޖެޓްގެ 24 ބިލިއަން ރުފިޔާއެވެ. ހަމައެއާއެކު ކެޕިޓަލް ހަރަދުގެ ގޮތުގައި 14.74 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނަޑައަލާފައިވާ އިރު، ޕީއެސްއައިޕީގެ ގޮތުގައި 8.67 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިންމާފައެވެ.