އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އަލަމަންޑާ އާއި ކަންޓަކަޕައްލޭ ހުރަސްވާ ރޭލު ލައިޓް ނުފެނި ދިޔަ ފަސެންޖަރުން އުފުލާ ރޭލެއް އެހެން ރޭލެއްގައި ޖެހި މުޑި އަރާ 13 މީހަކު މަރުވެ 50 މީހަކު ޒަހަމްވެއްޖެއެވެ.

އިންޑިއާގެ ރެއިލްވޭ މިނިސްޓްރީން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ހިއުމަން އެރާ އަކުން ކަމަށާއި ފަސެންޖަރު ރޭލު ދުއްވަން ހުރި ކެޕްޓަނަށް ލައިޓް ނުފެނުނީ ކަމަށެވެ.

މިހާދިސާ އާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރެއިލްވެ މިނިސްޓަރާ ގުޅުއްވާ ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެ ހާދިސާގައި ގެއްލުންވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރުން ދެވެން ހުރި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެއިލްވޭ ނެތްވޯކް އޮންނަ އިންޑިއާގައި މިފަދަ ނުރައްކާތެރި ކިތަންމެ ހާދިސާއެއް މީގެ ކުރިންވެސް ހިނގާފައި ވެއެވެ. އެފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ 1981ގައި 800 މީހުން މަރުވި ހާދިސާއެވެ.

މިދިޔަ ޖޫންމަހު 3 ރޭލެއް މުޑިއަރާ 300 މީހަކު މަރުވެފައި ވެއެވެ.

އޮގަސްޓް މަހު ރޭލެއްގެ ކޯޗުގައި ރޯވެ ހިނގި ހާދިސާއެއްގައި 9 މީހަކު މަރުވިއެވެ. އަދި މިމަގުގެ ކުރީކޮޅު ހިނގި ހާދިސާއެއްގައި 4 މީހަކު ވަނީ މަރުވެފައެވެ.