އިއްޔެ ހަވީރު ހދ. މަކުނުދޫގައި ހިނގި ގޭސް ސިލިންޑަރު ގޮވި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ ކަންކަން ހަމަޖައްސަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނާއި އެ ރަށުގެ ނަރުދަމާ މަސައްކަތަށް ބޭނުންވާ ސާމާނު ހުންނަން ސައިޓު ސަރަހައްދުގައި އިއްޔެ ހިނގި ގޭސް ސިލިންޑަރު ގޮވުމުގެ މި ހަދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިބައި ވަނީ އެކި ސަރަހައްދުތަކަށް ބުރައިގެން ގޮސްފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާ އެމީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލާނީ ފުލުހުންގެ ތަހުގީގު ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

https://thepress.mv/148597

މަކުނުދޫގައި ހިނގި މި ހާދިސާ ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ގޭސް ސިލިންޑަރު އުފުލުމުގެ ތެރެއިން ކަމަށާއި އެއީ ރަށަށް މުދާ ބާލާ ސަރަހައްދު ކަމަށެވެ. އަދި އެ ސަރަހައްދުގައި ގޭސް ކަޓިން ފަދަ މަސައްކަތް ކުރުން އޮންނަނީ މަނާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.