އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހަދައި އެ ގައުމުގެ އުފެއްދުންތަކާއި އެ ގައުމުން އެކްސްޕޯޓް ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގޮވާލައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
އޭނާ ހުށަހެޅުއްވި ގަރާރުގައި ވަނީ، ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރޭލުން ފަލަސްތީނުގެ އެކި ސަރހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ފަަލަސްތީނުގެ ރައްޔިތުނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްތާލުމަށާއި، އެ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮލަށް ފަށާފައިވާ ހަނގުރާމައިގައި، ގާޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކޮށް އިންސާނީ ކަރާމާތް ނަގާލުމަށް އިޒްރޭލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ރައްޔިތުންނަށް ފެނާއި، ކަރަންޓާއި، ބޯފެނާއި އަދި ސިއްހީ ފަރުވާގެ ހިދުމަތް ހުއްޓުވާލާފައި އޮތުމާއި، ކާބޯތަކެތި ގަާޒާއަށް އެތެރެވިޔަ ނުދިނުމަށް ގާޒާ ވަށައިގެންވާ ހުރިހާ ޗެކް ޕޮއިންޓްތަކާއި ގޭޓްތައް ބަންދުކޮށްފައި އޮތް އޮތުން ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ ކުށްވެރި ކޮށްފައެވެ.
ހަމައެއާއެކު އެ ގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުން ހިމެނޭ ގޮތަށް އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް އިޒްރޭލުން ހިންގަމުން ދަނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަންތައްތައް ހުއްޓުވުމަށް އެ ގަރާރުގައި ގޮވާލާފައި ވެއެވެ. އަދި ފަލަސްތީންގެ ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ހައްގުތައް ފޯރުކޮށް ދިނުމުގެ އިންތިޒާމް ބައިނަލް އަގްވާމީ މުޖުތަމައު ގުޅިގެން ހަމަޖެއްސުމަށް އދ ގެ މެންބަރު ހުރިހާ ގައުމުތަކަށް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ގޮވާލައި އެ ގަރާރު ފާސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައުދު ވިދާޅުވެއެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށް ބޮޑެތި ނޭދެވޭ އަސަރު ކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އިޒްރޭލުގެ ރައްޔިތުންނަށް ނުރައްކާވަމުންދާ މި ދަނޑީވަޅުގައި، ރާއްޖެއަށް ދިމާވެދާނެ ހާލަތްތަކަށް ތައްޔާރުވުމަށް ވެސް އެ ގާރާރުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އިޒްރޭލާއި ރާއްޖޭއާއެކު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެ ފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި ފަލަސްތީންގެ ހުރިހާ ބިންތަކުން އިޒްރޭލުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
سعد ގެ ހުށައެޅުމައް ތާއީދު ކޮއްދެއްވާ އާދޭހާއެކު
މިވެރިކަމުގާ އިޒުރޭލައް އޮންނަނީ ބޯޑަރާއެހެނިހެންކަންތައް ސޭލުއަޅު ާފަދޯ