ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް މިފަދައިން ވިދާޅުވެފައި ވަނީ މީގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި ބަސްދީގަތުމަކާ ގުޅިގެންނެވެ.
އެ ބަސްދީގަތުމުގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމުގެ މައްސަލައަކީ ނިމުނު ރިޔާސީ އިންތިހާބުގެ އެންމެ މުހިއްމު މައްސަލައެއް ނޫންކަމަށާއި "އިންޑިއާ އައުޓް" ހަރަކާތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި ސަރުކާރު ބަދަލުވި ކަމުގައި ވިޔަސް އިންޑިއާއާ ދެމެދު އޮތް ގުޅުމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ ބަސްދީ ގަތުމުގައި އިންޑިއާ މިލިޓަރީއާ ގުޅިގެންވެސް ރައީސް ނަޝީދު ވާހަކަދައްކަވާފައިވާއިރު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލާދެއްވާ އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ރުހިވަޑައިގަންނަވާ ފަދަ މޭރުމަކުން ވާހަކަދައްކަވާ ކަމަށެވެ. އަދި އެ ވާހަކައަކީ އެއްވެސް ހާލެއްގައި އިންތިހާބީ ރައީސް، މުއިއްޒުއާ މަޝްވަރާކުރެވިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓް ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަށްކަށް ދުވަހަކުވެސް ރުހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ނިންމަވާފައިވާ ނިންމެވުން ކަމަށާއި މުއިއްޒުގެ ވެސް ނިންމެވުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ރައްޔިތުންގެ ނިންމެވުމާ ފުށުއަރާ ގޮތަށް އަދި މުއިއްޒުއަށް ނިސްބަތްކުރައްވާ ރައީސް ނަޝީދު އެ ވާހަކަފުޅުތައް ދެއްކެވީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ފަދައިން އެކަން ނުކުރުމަށް ފިރުޒުލް ވަނީ އިލްތިމާސްކުރައްވާފައެވެ.
ތިޔަ ނަޝީދަކީ ނުރައްކާތެރި މީހެކެވެ. ދޮގު ހެދުމުގެ އައްޕައެވެ. މިހާރު އެއުޅެނީ މުއިޒްއާއި ގާތްވެލައިގެން އަެނަ ހަލާކު ކޮއްލަންށެވެ. ވާހަކަވެސް ދައްކަން ހެޔޮނުވާނެއެވެ. ވަަހަކައެއް ދައްކައިފިއްޔާ އެވާހަކައެއް އަބުރާލައި ދޮގުތަކެއް ލައިގެން ބަޔަކު ވާވައްދާނެއެވެ. މިހާރު އެއުޅެނީ މަޖްލިސްގެ ގޮޑިވެސް މިފަހަރު ގެއްލޭނެކަން ޔަގީންވެގެން މޮޔަބޮލަށް އަރައިގެންނެވެ.