ޒުވާނުން އުޅޭ ގޮތް ފެނިވަޑައިގަންނަވާ ކަމަށާއި މީހަކާ ކައިވެނިނުކޮށް ހުއްޓަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިރޭ އީ-ސްޕޯސްޓްގެ ފަރާތުން ސެންޓްރަލް ހޮޓަލްގައި ބޭއްވި ހަރަކާތުގައި ޒުވާނުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ގެއާއި ފްލެޓް ދިނުމުގެ ޕޮއިންޓްދިނުމުގައި ދަރިން ތިބިތޯ އާއި މީހަކާ އިނދެގެން އުޅޭތޯ ބަލާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާ ހުށަހަޅަނީ ފުރަތަމަ 18 އަހަރުވާ ހިސާބުންވެސް މީހަކާ އިނަސް އަދި ނީނަސް އަމިއްލަ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ވަރަށް އަގުހެޔޮކޮށް 18 ފުރޭ ކުރިންނަށް ހައުސިން ފޯރުކޮށްދިނުމަކީ ސިޔާސަތެއްގެ ގޮތުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ކުދިން އުޅެމުންދާ ގޮތް ފެނިވަޑައިގަންނަވާ ކަމަށާއި ޑިއުޓީ ބަހައިގެން ކުޑަކުޑަތަންކޮޅެއްގައި ނިދާކުދިން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ވަރަށް ގިނަ ގޭގެއަށް ދެވިއްޖެ ކަމަށާއި ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތިކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެފަދަ އިވެންޓްތަކުގައި ބައިވެރިވާ ރެޑީވެގެން ޒުވާނުން އައިސްތިބި ނަމަވެސް އެކަމުގެ ފަހަތުގައި އެ ކުދިން އުޅެމުންދާ ގޮތް ވާނެ ކަމަށާއި ހެޔޮ އަގުގައި ގެދޮރުވެރިކަން ޒުވާންނަށް ފޯރުކޮށްދިނުމަކީ ބޭނުމެއް ކަމަށެވެ. އަދި ދިރިއުޅުމެއް ފެއްޓުމަށް ފުރުސަތުދީ އަމިއްލަ ފޯރުންތެރިކަން އަދި އަމިއްލަ ފުދުންތެރިކަން ލިބޭނެ ގޮތް ފޯރުކޮށްދިނުމަކީ ބޭނުންވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހައުސިންނާއި ވަޒީފާ އަދި އަމިއްލަ ފުދުންތެރިކަން ލިބޭނެ ގޮތް ފޯރުކޮށްދިނިމުން ޒުވާނުންނަށް ކުރިއަރައިގެންދާން ފުރުސަތު ލިބޭނެ ކަމަށާއި އީ-ސްޕޯޓްސްއާއި އެހެނިހެން ކުޅިވަރުތަކަށް ބޭނުންވާ ގޮތްތަކަށް ޒުވާނުން ހުށަހަޅައިދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އީ-ސްޕޯސްޓްސް އިންޓަނޭޝަނަލް ފެންވަރުގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި މާލޭގައި އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި އެންމެ ރަނގަޅު ފެންވަރުގެ ސްޕޯޓްސް އެރީނާ ސްޓޭޑިއަމެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ފުރަތަމަ ފައްޓަވާނީ މާލޭގައި ކަމަށާއި މާލެ ސަރަހައްދުން ޒުވާނުން ހިތްހަމަ ޖެހޭ ފެންވަރުގެ ފުރިހަމަ ތަނަކަށް އެތަންވެގެން ދިއުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.