ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

މި މަސައްކަތް ނިންމާލި އިރު، 75،553.17 ސީބީއެމްގެ ޑްރެޖިން އޮޕަރޭޝަންތަކާއެކު ވަނީ 476 މީޓަރުގެ ކުއޭ ވޯލްއަކާއި، 240 މީޓަރުގެ ރިވެޓްމަންޓް ޖަހައި، 472 މީޓަރުގެ ބްރޭކްވޯޓާއެއް ހަދާފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހަދައި، މަގުބައްތި އާއި ނެރުބައްތި ހަރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 61.09 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.