ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ނަގަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމިއިރު އެ ދެ މައްސަލަ ވެސް ކުރިއަށްގެންދަން މާދަމާގެ ޖަލްސާ އަށް އޮތީ އެޖެންޑާކޮށްފައެވެ. ނަމަވެސް އެ ދެ މައްސަލަ މާދަމާގެ ޖަލްސާގައި ދެން ކުރިއަށް ނުގެންދާނެއެވެ.
ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މައްސަލަތައް އަނބުރާ ނަގަން ނިންމީ "މިވަގުތު ކަންކަން އޮމާންކޮށް ގެންދިއުމަށް" ކަަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ނަޝީދު ވަކިކުރަން ހުށަހެޅީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެއީ މަޖިލީހުގެ 54 މެމްބަރުންގެ ސޮޔާއެކުއެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރުގައި ބުނީ، ނަޝީދު ވަކިކުރުމަށް ނިންމީ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ނަޝީދު ފުރުސަތު ނުދެއްވުމާއި، މަޖިލީހުގެ ނިޒާމް ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުން ހިމެނޭ ކަމަށް އެ ގަރާރުގައިވެއެވެ.
އަށް ގޮރހޑިއްޖޭނު؟ އަދިވެސް އަނގަ އަރުވާތި ތިމާ ވަރެއްނެތިގެން. މުއިޒް ހޮވުނީމަ އެފަޅިއަށް ދުއްވައިގަންނަ މެންބަޅުންނާ އެކު މޑޕ ގެ ނިމުން ބޮލު އަޅަން ތައްޔާރުވޭދެން