ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވެފައި ވަނީ ބަލިވެ އުޅުމަށް ފަހު ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ހުސައިން އާދަމްގެ ބައްޕަ ނިޔާވިއިރު، މަންމަ އަދިވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.

ޝަހީދު ހުސެއިން އާދަމަކީ 1988 ވަނަ އަހަރު ތަމަޅައިގެން ކުލީ ސިފައިން މާލެއަށް އަރައި ބަނޑޭރިގެ ހިފަން ދިން އުދުވާނީ ހަމަލާއިން އެތަން ދިފާއު ކުރުމަށް ދުޝްމަނުންނަށް ހަމަލާ ދެމުން ދަނިކޮށް ވަޒްނ ހުސްވެ ދުޝްމަނުންގެ ވަޒަން އަރައިގެން ޝަހީދުވި ބޭކަލެކެވެ. އެ އުދުވާނުގައި އެވަގުތު ބަނޑޭރިގޭގެ ބޮޑު ދޮރާށި ގޭޓުގައި ހުންނަ 2 ގާޑު ރޫމުން ކުރެ އެއްވެސް ގާޑު ރޫމަކީ އެތެރެއަށް ވަދެވޭގޮތަށް ހުންނަ ގާޑު ރޫމަކަށް ނުވުމާއެކު ދުޝްމަނުންގެ ހަމަލާތައް ދިފާއު ކުރަމުން ގޮސް ވަޒަން ހުސްވި ނަމަވެސް ޖާނު ސަލާމަތް ކުރެވެން ހުރި ތަނަކަށް ނުވެ، އަދި ބަނޑޭރިގޭތެރެއިން އޭނާ އަށް ވަޒަން ފޯރުކޮށް ނުދެވި ޝަހީދު ވީއެވެ.

އާދަމް މުހައްމަދު ނިޔާވި އިރު ދުނިޔޭގައި ހަ ކުދިން އެބަތިއްބެވެ. އެއީ ފަސް އަންހެނުންނާއި ފިރިހެނެކެވެ.