ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ހަރުކަށި ފިކުރާ ގުޅުމެއް އޮންނަ ކަމަށް ޑިފެންސް މިނިސްޓަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ތުހުމަތު ކުރައްވައިފިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ މާރިޔާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އެތައް ބަޔަކު މުއިއްޒަށް ތާއީދު ކުރަމުންދާ ކަމަށާއި، ސޯޝަލް މީޑިއާގައި ވެސް ހަރުކަށި ފިކުރުގެ ގިނަ މީހުން މުއިއްޒަށް ކެމްޕެއިން ކުރަމުން ގެންދާ ކަމަށެވެ.
"ކޮނޑޭއަކީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަފާސްހިސާބުތަކުން ނިސްބަތުން އެންމެ ގިނަ މީހުން ސީރިއާއަށް ފޮނުވާފަ އޮންނަ ކަމަށް ދައްކާ ތަން. އެކަމަކު އަޅުގަނޑުމެން ނުބުނަމޭ ކޮނޑޭއަށް ރައީސް ސާލިހް ވަޑައިގަތީމާ ނުކުތް މީހުންނަށްވުރެ ދެގުނައަށް މީހުން ނުކުމެ ތިއްބޭ މުއިއްޒު އެތަނަށް ވަޑައިގަތީމަ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީން ދައްކާ ވާހައަކީ މުއިއްޒަށް ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ މީހުން އެންޑޯޒް ކުރަމުންދާ ވާހަކަ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރުގެ މީހުން މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރަމުން ގެންދާ ވާހަކަ ކަމަށެވެ.
އަދި 2013 އިން ފެށިގެން 2018 އަށް ހިނގާދިޔަ ޔާމީންގެ ވެރިކަމުގައި ޔާމީންގެ އަނބިކަނބަލުންގެ ނުފޫޒު ސަރުކާރަށް އޮތް މިންވަރު ފެނިގެން ދިޔަ ކަމަށާއި އެހެންކަމުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް މުއިއްޒުގެ އަނބިކަނބަލުންނަކީ ކޮން ބޭފުޅެއްތޯ ބަލަން ޖެހޭ ކަމަށެވެ.
އަދި ޔާމީންގެ ވެރިކަމުގައި ހުރިހާ ސިޔާސީ ބޭފުޅުން ތިއްބެވީ ޖަލުގައި ކަމަށާއި އަދި ބައެއް ބޭފުޅުންގެ ހަށިކޮޅަށް އޮތް ބިރުން ބޭރު ގައުމުތަކުގައި ތިއްބެވި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް މިއަދު [ރައީސް ސޯލިހުގެ ވެރިކަމުގައި] އެ ބިރުވެރިކަން ފިލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ކޮޅުފައިން ނާރާފިއްޔާ .މާރިޔާގެ ނަޒަރުގާ އެހަރުކަށި އެއްޖިންސުން ގުޅުން ނުހިނގާ ފިއްޔާވެސް ހަރުކަށިވީ މީމިމީހުން ކަންތައް ހުންނަގޮއި