ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

ރޭ ބޭއްވި މި ހަފްލާގައި މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާ އަދި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. އޭގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާގެ އިތުރުން އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

މި އަހަރު އެވޯޑް ކާމިޔާބުކޮށްފައިވަނީ:

އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް - ހުޒާތު އަލީ (ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް)

ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް - ބަދުރުއްދީން ހަސަން (ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް) މާކެޓިން ޓީމް

ބެސްޓް ލީޑާ އެވޯޑް - ފާތިމަތު ހަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް)

ބޭސްޓް މެނޭޖަރު އެވޯޑް - ޝާއިގް އަހްމަދު (ކަސްޓަމާ ސާވިސް މެނޭޖަރު)

މި ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވަނީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ.

ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނަށް ވާ އިރު މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި.މަސައްކަތް ކުރާ މުވައްޒަފުންނެވެ