2020 ވަނަ އަހަރު އޮތް އިންތިހާބުގައި ޖޯޖިއާގައި ނެތި ވޯޓުގެ ނަތީޖާ އޮޅުވާލައްވަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އޭނާ ހައްޔަރު ކޮށް ޖަލަށް ގެންގޮސް ފުލުހުންގެ ބޭނުމަށް ނެގި ރަސްމީ ފޮޓޯ އާންމު ކޮށްފިއެވެ.

ޖަލަށް ގެންދާ ހުރިހާ ގައިދީންގެ ފޮޓޯ ނަގާ އުސޫލުން ނެގި ޓްރަމްޕްގެ ފޮޓޯގައި އޭނާ ހުންނަވަނީ ކޯފާވެ ރަތްވެފައެވެ. މިއީ މިފަދަ އެކްސްޕްރެޝަނެއް [ކޯފާވެ ރަތްވެފައި ހުންނެވި ގޮތް ފެންނަ] ޓްރަމްޕްގެ ފުރަތަމަ ފޮޓޯ ކަމުން މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ފޮޓޯ މިހާރު ޓްރެންޑް ވަމުން ދާއިރު، ޓަރަމްޕުގެ މައްޗަށް ޝަރީއަތް ހިންގުމުގެ ކުރިން އޭނާ ކަފާލާތުގެ ދަށުން ނިކުމެވަޑައިގަންނަވަން 200،000 އެމެރިކާ ޑޮލަރުގެ ފީއެއް ވަނީ ދައްކަވަން ޖެހިވަޑައިގެންފައެވެ.

މިއީ ފައިތުވި 5 މަސް ދުވަހުގެ ތެރޭގައި ޖިނައީ ތުހުމަތުތަކަށް ޓްރަމްޕް ހައްޔަރު ކުރި 4 ވަނަ ފަހަރެވެ. ނަމަވެސް މއީ ފުލުހުންގެ ބެލުމުގެ ދަށަށް [ޖަލަށް] ގެންގޮސް ރެކޯޑް އެޑްކުރި [ސިސްޓަމަށް ލި] ފުރަތަމަ ފަރުވެސް މެއެވެ. މީގެ ކުރިން ހައްޔަރު ކުރި 3 ފަހަރުވެސް އޭނާ ވަނީ ވަގުތުން ދޫކޮށްލާފައެވެ.

ޓްރަމްޕް ވަނީ އެ ފޮޓޯ އެކްސްގައި ހިއްސާ ކުރައްވައި ކެޕިޓަލް އަކުރުން ލިޔުއްވާފައި ވަނީ 'އިންތިހާބަށް ނުފޫޒު، އަމާން ދިނުމެއް ނެތް' މިހެންނެވެ.

ޓްރަމްޕްގެ މި ފޮޓޯ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިފަދަ އެކި މައްސަލަތަކުގައި ހައްޔަރު ކޮށް ފޮޓޯ ނެގި 4 ބޭފުޅުންގެ ތެރެއިން އެކަކެވެ. މީގެ ކުރިން ފްރާންކް ސިނަޓްރާ އާއި އަލް ކެޕޯންގެ އިތުރުން ޑރ. މާޓީން ލޫދާ ކިންގް ޖޫނިއާގެ މިދަފަ ފޮޓޯ ނަގާފައި ވެއެވެ.

ޓްރަމްޕް ވިދާޅުވަނީ އޭނާގެ މައްޗަށް ކޭސް ތަކެއް [ދައުވާތަކެއް] އުފައްދައިގެން އުޅެނީ ސިޔާސީ ބޭނުމުގައި ކަމަށާއި އަންނަ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް އޭނާ ކުރި ހޯއްދަވާނެ ކަން އެނގޭތީއާއި އޭނާގެ މަގުބޫލުކަން ބޮޑުކަމުން ކަމަށެވެ.

ޖޯޖިއާގެ އިންތިހާބު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކޮށް ގެންދިޔަ ފުލްޓޮން ކައުންޓީ ޖަލުގައި ގާތްގަނޑަކަށް 20 އަކަށް މިނެޓް ބަންދުގައި ބެހެއްޓިއެވެ. އަދި ރަސްމީ ލިޔުންތައް އާންމުކޮށް އެ ޖަލުގެ ވެބްސައިޓުގައި ބުނެފައި ވަނީ ޓްރަމްޕަކީ ދޮން ބޭފުޅެއް ކަމަށާއި 6 ފޫޓު 3 އިންޗީގެ އިސްކޮޅެއް ހުންނަ 97 ކިލޯގެ ބަރުދަން ހުރި ބޭފުޅެއް ކަމަށެވެ. އަދި ބްލޯންޑެ ނުވަތަ ސްޓްރޯބެރީ އިސްތަށި ގަނޑަކާއި ނޫ ކުލައިގެ ލޯފުޅެއް ހުރި ބޭފުޅެއް ކަމަށް ވެސް ލިޔެފައި އޮތެވެ. އަދި ޓްރަމްޕަށް ގައިދީ ނަންމަބަރެއް ވެސް ދީފައި އޮތް އިރު އެ ނަންވަރަކީ P01135809 އެވެ.

ޖަލުން ގެއަށް ވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ، އެ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި ޗެލެންޖް ކުރެއްވުމުގެ ފުރިހަމަ ހައްގު އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށާއި އޭނާ ގާބޫލު ކުރައްވާ ގޮތުގައި އެ އިންތިހާބުގެ ނަތީޖާ ވަނީ މަކަރު ހަދާ އޮޅުވާލައިފައެވެ.