ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަކީ ރައްޓެއްސަކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅަށް އޭނާ ރައްދުދެއްވައިފިއެވެ.
ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފަރެސްމާތޮޑާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ވާދަކުރައްވާ ކަމަށެވެ. އަދި ހުސައިންއަކީ މިހާރުވެސް ވާހަކަދައްކާ ރައްޓެއްސެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވަނީ މަރުހަބާ ދަންނަވާފައެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ ރައީސް ޔާމީން ހިފަހައްޓަވައިގެން އުޅެނީ ސިޔާސީ ބޭނުމަށްކަން މިއަދު ޔަގީން ކުރެއްވޭ ކަމަށެވެ. އަދި ޒާތީވެ، ހަސަދައިގެ ތެރެއިން އިންސާނަކަށް ލާއިންސާނީ އަނިޔާ ދެމުންގެންދާ ކަމަށް ސެންބެ ވިދާޅުވިއެވެ.
ސެންބެ ވަނީ ރައީސް ސޯލިހު އެ ހެއްދެވީ އިތުރުފުޅެއް ކަމުގައި ނުވާނަމަ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލައްވާ ކަމަށެވެ. އަދި ލާއިންސާނީ އަނިޔާ ދިނުން މިހާރުން މިހާރަށް ހުއްޓާލަންވެސް ސެންބެ ވަނީ ގޮވާލައްވާފައެވެ.
މިއަދު ޒުވާނުން ރައީސް ޔާމީނަށް ތާއީދު ކުރަމުން ދަނީ އެމަނިކުފާނުގެ ބަހާ އަމަލާ ދިމާވަމުން އަންނާތީ ކަމަށާއި 'އެންމެ ފުރަތަމަ ގައުމު' ގޮތުގައި ދިވެހި ރައްޔިތުން އިހުތިޔާރު ކޮށްދެއްވީތީ ކަމަށް ސެންބެ ވިދާޅުވިއެވެ.
ސެންބެ ވަނީ އޭނާއަށް އިތުރުބާރު ކުރެއްވުމަށް ރައީސް ޔާމީނަށާއި މުއިއްޒުގެ ކިބައިން އެދިވަޑައިގެން އެ ދެ ބޭފުޅުންގެ ފަހަތްޕުޅުގައި، އެހެން ލީޑަރުން ތިއްބެވިފަދައިން ތާ އަބަދު ގާއިމުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ގާތް ބޭފުޅެއްވީމަ ވަގަކު ދޫކޮށްލަން ބުނުމައްވުރެ ރައްޔިތުންނަށް ކަމެއްކޮށްދޭން ބުނިނަމަ މާ ތާހިރުވީސް. ރައްޔިތުން ނޫޅޭ ރައްޔިތުންނަށް އަނިޔާވެރިވި ވަގެއް ޖަލުގަ އޮވެގެން ކަންބޮޑުވެގެންނެއް.