ކ. ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 12:07 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ ތިލަފުށީ ފަޅުތެރޭގައި އޮތް ބާ ބޯޓެއްގައި ކަމަށެވެ.

މިހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ވެފައި ކަމުގެ މައުލޫމާތެއް ނުލިބެއެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ވެސް ސާފުވާ ގޮތެއް ނުވެއެވެ.