ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގެ 16 ވަނަ ޓަވަރުގައި އާ ބަސް ސޮޓްޕެއް ގާއިމް ކޮށްފިއެވެ.

އެ ބަސް ސޮޓްޕްގެ ހިދުމަތް މިއަދު ފެށިގެންދާއިރު އެމްޓީސީސީއިން ބުނީ އެ ބަސް ސްޓޮޕްއަށް އެ ކުންފުނީގެ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ ރޫޓު 6، ރޫޓު 7، ރޫޓު 8 އަދި ރޫޓު 9 ބަސް ރޫޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އެ ބަސް ސޮޓްޕްއަކީ ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގެ 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމަށް ރިއާޔަތްކޮށް އާބަންކޯގެ އެހީއާއެކު ގާއިމްކޮށްފައިވާ ބަސް ސޮޓްޕްއެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

https://m.facebook.com/story.php?story_fbid=pfbid02ooWNWDswZ5khhuUjfBhGXRDqyYZR44W1z4CP5LnTqPCKB4t6pXeXJTVNCTLgBYbJl&id=100064380381712&mibextid=Nif5oz

ބަސް ރޫޓުތައް:

  • ރޫޓު 6 - ހުޅުމާލެ ފޭސް 2 އިން ފޭސް 1 އަށް
  • ރޫޓު 7 - ހުޅުމާލެ ފޭސް 2 އިން ވެސްޓް ޕާކްއަށް
  • ރޫޓު 8 - ހުޅުމާލެ ފޭސް 2 އިން ކާނިވަލްއަށް

އެމްޓީސީސީއިން އިތުރަށް ބުނީ މި ބަސް ހުއްޓީގެ ސަބަބުން އާރްޓީއެލް ބަހުގެ ހިދުމަތް ހޯދުމުގައި ގިނަ ލުއިފަސޭހަތަކެއް ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދު ވެސް ކަސްޓަމަރުންގެ ބޭނުންތަކާއި އުފެއްދުންތެރި ހިޔާލުތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ކޮންމެ 15 މިނެޓަކުން ހުޅުމާލެއިން މާލެއަށް އެމްޓީސީސީއިން އަންނަނީ ބަސް ދަތުރު ކުރަމުންނެވެ. ހުޅުމާލެ އަށް ކުރާ ބަސް ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނެސްފައި ވަނީ 2018 ވަނަ އަހަރުގައެވެ.