ގދ. ކަޅައިދޫއާ ފަރެސްމާތޮޑާ ގުޅޭގޮތަށް ހިއްކާލުމުގެ ވައުދުފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރެސްމާތޮޑާއަށް 10 ވައުދު ވެވަޑައިގެންފިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދެއްވާނެ ކަމަށާއި ޒުވާނުންގެ މަރުކަޒު ވަސީލަތްތަކާއެކު އަޅައިދެއްވާނެ ކަމަށެވެ. އަދި ފަރެސްމާތޮޑާ ބަނދަރު ބޮޑުކޮށް، ނެރު ފުންކޮށް މޫދަށް އެރޭނެ ތަނެއް ހަދައިދެއްވުމަށްވެސް ރައީސް ސޯލިހު ވައުދު ވަޑައިގެންނެވިއެވެ.
ފަރެސްމާތޮޑާއަށް ރައީސް ސޯލިހު ވެވަޑައިގެންނެވި އިތުރު ވައުދުފުޅުތައް:
- ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅައިދިނުން
- އައިސްޕްލާންޓެއް ގާއިމުކުރުން
- ބޮޑު ހުކުރު މިސްކިތެއް އަޅައިދިނުން
- އެއާޕޯޓާ ކައިރީގައި ސިޓީ ހޮޓަލެއް އަޅައިދިނުން
- ކަށައިދޫ ފަރެސްމާތޮޑާ އެއްކޮށް ހިއްކުން
- ކަށައިދޫގައި ފްލެޓް ނުވަތަ ރޯ ހައުސް އަޅައިދިނުން
ރައީސް ސޯލިހު ވިދާޅުވީ ކުގައުމީ ޓީމުތަކުގައި ދެ ޖިންސުގެ މެދުގައި އޮތް ނުހަމަ އެލަވެންސް ހަމަހަމަ ކޮށްދީފައިވާ ކަމަށާއި ކޮންމެ ކުޅުންތެރިއަކަށް މިހާރު ދެވޭނީ އެއްވަރެއްގެ އެލަވެންސްއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ސްކޫލް ސްޕޯޓްސް އެސޯސިއޭޝަންތައް އުފައްދާ ސްކޫލް ކްލަބްތައް ގާއިމުކުރައްވާނެ ކަމަށާިއ މަސައްކަތް ކުރުމަށް ފުރިހަމަ ޖާގަނެތް ކުޅިވަރު އެސޯސިއޭޝަންތަކަށް މަސައްކަތްކުރާނެ ޖާގަ ގާއިމުކޮށްދީ ކުޅިވަރަކީވެސް އިންތިޒާމުވެގެން ހިނގާ ހަރަކާތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ އޮނިގަނޑަށް ފެތޭ، ސްޕޯޓްސް ވެނިއުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްދެއްވާނެ ކަމަށާއި ސިޓީތަކުގައި އިންޑޯ ސްޕޯޓްސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
ފްޓްސެލް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ގައުމީ އިންޑޯ ފްޓްސަލް އެރީނާއެއް ގާއިމުކުރުމަށް ފަހު ގައުމީ ފްޓްސަލް ލީގުތައް ބާއްވާނެ ކަމަށާއި މަޝްހޫރުވަމުން އަންނަ ރެއިސިން އަށް ޓްރެކެއް ގާއިމުކޮށްދޭނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ އިންސުވަރެންސް ޕެކޭޖެއް ގާއިމު ކޮށްދެއްވާނެ ކަމަށާއި ގައުމީ ޓީމުތަކުގެ ޓެކްނިކަލް މަގާމުތަކަށް އެލަވެންސް ކަނޑައަޅާނެ ކަމަށްވެސް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.