ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްހީ ހާލު އާއްމު ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ކުރީގެ ރައީސް, މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ, ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގައި ރޭ ތ. ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްހީ ހާލު އެނގިފައި އޮންނަން ޖެހޭނެ ކަމަށް މީގެކުރިން ވެސް ވިދާޅުވެފައި ވާނެ ކަމަށާއި އެ ވާހަކަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާ ހިތްބުރަ ކުރި ކަމަށެވެ. ނަމަވެސް ޑިމޮކްރެސީއެއްގައި ރައީސްގެ ހެލްތު ސެޓްފިކެޓް އެއީ އާންމު މައުލޫމާތަށް ވާންޖެހޭ ކަމަށާއި ރައީސްގެ އެއްވެސް ބައްޔެއް ހުންނަ ނަމަ އެއީ އާންމުކޮށް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މިވާހަކަފުޅާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، އޭނާގެ ހެލްތް ސެޓްފިކެޓް އާންމު ކުރައްވާނެ ކަމަށާއި އެއްވެސް ބައްޔެއް މިވަގުތު ނެތް ކަމަށެވެ.
މީގެ އިތުރުން ސިއްހީ ހާލަތު ހުރީ ރަނގަޅަށް ކަމަށާއި ރިޔާސީ ރޭހަށް ނިކުމެ ހުންނެވީ ވަރަށް ޖޯޝާއެކު ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން ހަފްތާއަކު ހަތް ދުވަހު ދުވާލަކު 24 ގަޑިއިރު ނުނިދާ އިންނަވައިގެން ވެސް އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްހީ ހާލާ ގުޅޭ ގޮތުން ނަޝީދު، ވާހަކަފުޅު ތަކުރާރު ކުރެއްވި އިރު، މީގެ ކުރިން ވަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ހިތުގެ އާލާސްކަންފުޅާ ވެސް އުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު މުސްކުޅިފުޅު ވެއްޖެ ކަމަށާއި "ޑިލޭވެފައި" ހުންނަ ކަމަށް ދޭހަވާ މޭރުމަކުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައްޔިތުން ބަލަނީކީ ކާންގެންގުޅޭ ބޭސްގުޅައިގެ އަދަދަކަށްނޫން.. ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކާއި ރަށްރށުގަ ހިންގާ މަޝްރޫއުތަކުގެ ޢަދަދަށް..