އިންޑިއާގެ ކެރެލާގެ އަވަށެއްގައި ދިރިއުޅުނު އުމުރުން 34 އަަހަރުގެ ނޮއުޝާދު ގެއްލިގެން ހޯދާތާ ދޮޅު އަހަރު ފަހުން ފެނިއްޖެއެވެ.

ކެރެލާގައި މީހަކާ އިނދެ ކުއްޔަށް އުޅެމުން ދިޔަ ނޮއުޝާދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެ ސްޓޭޓުގެ ތޮޑުޕޫޒާ އިންނެވެ.

ފުލުހުން ބުނީ، އޭނާ ގެއްލުނު މައްސަލަ ރިޕޯޓް ކުރުމުން ހޯދާތާ ކިތަންމެ ދުވަހެއް ކަމަށާއި އެ މައްސަލައިގައި އޭނާގެ އަންހެނުންނާ ސުވާލު ކުރާ ކޮންމެ ފަހަރަކު ފިރިމީހާ މަރާލައި ވަޅުލާފައި ވާ ކަަމަށް ބުނާ ކަމަށެވެ. އަދި ވަޅުލާފައި އޮތްތަން ކަމަށް ބުނާތަނަށް ގޮސްވެސް ބަލާ ހެދި ކަމަށާއި ނޮއުޝާދު ނުފެނުނު ކަމަށެވެ. ނޮއުޝާދު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އޭނާގެ އާއިލާއިން ފުލުހުންނަށް ކުރާ ޕްރެޝަރާއެކު އިތުރަށް ބަލަމުން ދަނިކޮށް ނޮއުޝާދު ފެނުމުން، އޭނާ އާ ސުވާލު ކުރުމުން ބުނި ކަމަށް ވަނީ، އަނބިމީހާ [އަފްޝަނާ (25އ)] އޭނާ އަށް އަނިޔާ ކުރާ ކަމަށާއި އެކަން ކުރަނީ އަނބިމީހާ ގެންގުޅޭ ފިރިހެނުން ތަކެއް ލައްވާ ކަމަށެވެ. އެހެން ކަމުން އެކަމާ، އަންހެނުން ދެކެ ބިރުން ފިލީ ކަމަށެވެ.

މި ނޮއުޝާދު ފިލައިގެން ގޮސް ތޮޑުޕޫޒާގައި އުޅުނީ ދަނޑެއްގައި މަސައްކަތު މީހަކަށެެވެ.

މި މައްސަލަގައި ފުލުހުން މިހާރު ވަނީ ދޮގުމައުލޫމާތު ދިނުމުގެ ކުށުގައި އެ އަންހެން މީހާ ހައްޔަރު ކޮށްފައެވެ.