ހއ. އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ހުރިހާ ބޮޑު ހިލަތަކެއް ވަނީ ސައިޓަށް ގެންގޮސް އަންލޯޑް ވެސް ކޮށްފައި ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ފުރިހަމަ ވެފައިވާ ކަމަށް އެމްޓީސީން ބުނެއެވެ. އެއާއެކު މުޅި ޕްރޮޖެކްޓްގެ 75 ޕަސެންޓްފެ މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 116.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.