ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބަންކޯ އިން ހެދި ހިޔާ ޕާކު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
އާބަންކޯ އިން މި ޕާކު ހުޅުވީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި ލައިވް މިއުޒިކާ އެކު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މިނިވަން ދުވަހާ ގުޅުވައިގެނެވެ.
މި ޕާކު ހަދާފައި ވަނީ ހިޔާ ފްލެޓްގެ އެޗް-5 އާއި އެޗް-15 އާ ދެމެދު އޮތް ހުސް ބިމުގައެވެ.
ހިޔާ ސަރަހައްދުގައި ޕާކެއް ހަދާފައި ވަނީ އާބަންކޯ އިން ބުނި ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި ޒިޔާރަތްކުރާ މީހުންނަށް އެ ސަރަހައްދު ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ގައި އާރުޑީސީ އާ ހަވާލުކޮށްގެން ހެދި މި ޕާކުގެ ތެރޭގައި ބަގީޗާ އަކާއި އެލެވޭޓެޑް ޕާތުވޭ އެއްގެ އިތުރުން ޕްލާޒާ އެއް ވެސް ހަދާފައިވެއެވެ.
މިއީ ހިޔާ ސަރަހައްދުގައި ހުޅުވި ފުރަތަމަ ޕާކު ކަން ފާހަގަކޮށްލެވެއެވެ.