ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު އިތުރުކުރުމާމެދު ކަރެކްޝަން ސާވިސްއިން އަދި ގޮތެއް ނުނިންމާ ކަމަށް އެ ސާވިސްއިން ބުނެފިއެވެ.
އަދީބުގެ ބޭސްފަރުވާއަށް މި މަހު 12 ވަނަ ދުވަހު ކަރެކްޝަންސްއިން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެ މުއްދަތު މިހާރު ހަމަވެފައި ވާއިރު އަދީބުގެ ފަރާތުން ވަނީ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގެންފައެވެ. މުއްދަތު މިހާރު އިތުރުކޮށްދީފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އަންނަނީ ރިޕޯޓް ކުރަމުންނެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ މިއަދުވެސް އެކަން އޮތް ގޮތް ބެއްލެވި ކަމަށާއި އަދީބަށް ދީފައިވާ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.
އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން ބުނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއްކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.
އިބުރާހީމާ މުއްދަތު އިތުރުކޮއްލާނެ ރިޔާސީ އިންތިހާބު ނިމެންދެން" ދެން ދޫކޮއްލާނީ މިވަރު ބޮޑު ޖަރީމާއެއްހިންގާފަ ހުރިމީހަކު ސަރުކާރާ ކޮންޑީލެއްހަދާކައް ވަގަކާއެކު ހަދާނެ ޑީލެއްއޮވެގެން ނުވާނޭ ޔާމީން ބަންދުކޮއްލީމަ ރައީސް އިބުރާހީމާ މައުމޫނާ ސޭޓު ގާޓޫއާ ބުޜާ އިމޫއާ ހިތައްފިނި ކަމެއްލިބިދާނެ ތޯއްޗެއް މިދުވަސްވެސް ގޮސްދާނެ ދެން ޖަލައްދާންޖެހޭނީ ނޫނީ ރާޢްޖެދޫކޮއް ބަޗާނީ ކޮންބަޔަކުތޯ ބަލަން ކެތްމަދުވަފަ މިހިރީ
ވޯޓުލާ ނިމެންދެން މުއްދަތު ދާނީ އިތުރު ކުރަމުން. މުއްދަތު އިތުރު ނުކޮށްފިނަމަ އޭނަ ފިލުވައިދިނީކަން ހާމަވާނެ. ކޮންމެ ހެނެއްވިޔަސް އޭނާ ދެނެއް ރާއްޖެއަކަށް ނާންނާނެ.