މާލެ ސިޓީގައި ބަނގުރަލާއި މަސްތުވާތަކެތީގެ އިތުރުން މަނާ ބޭހުގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް ގެ 6 މީހަކު ހައްޔަރު ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދެ ފިރިހެނުންނާ، 29 އަހަރުގެ ފިރިހެނަކާ، 41 އަހަރަގު ފިރިހެނަކާ، 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 38 އަހަރުގެ ފިރިހެނެކެވެ.

ހައްޔަރުކުރި މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 29 އަހަރުގެ މީހާ އަދި 31 އަހަރުގެ މީހާ ފިޔަވައި އެންމެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަދި އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

މި އެންމެންނަކީ ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދާ ބިދޭސީންނެވެ. އެހެންކަމުން އެމީހުން ބަންދުކުރަން ކޯޓުން ނިންމީ އެ ސަބަބަށް ވެސް ރިއާޔަތް ކޮށްފައެވެ.