ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާ ބައްދަލުކުރައްވައިފިއެވެ.
މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާތަކެއް މީގެ ކުރިން ކޮށްފައި ވަނިކޮށް ފުރާވަޑައިގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން 2 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވަނިކޮށް ސްޕްރީމް ކޯޓުން މައާފު ދިނުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މި ހަފްތާގެ އަންގާރަ ދުވަހެވެ. އަލީ ވަހީދު ރާއްޖެ ވަޑައިގަތީ އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމިކަން ހާމަ ކުރިފަހުންނެވެ. އޭރު އޭނާގެ މައްޗަށް ސްޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމް މައާފު ކޮށްދީ، އެކަން ހާމް ނުކޮށް އޮންނަތާ 2 މަސް ވަނީ ވެފައެވެ.
އޭނާގެ ހުކުމް މައާފު ކޮށްދިނީ އޭނާގެ ފަރާތުން މައާފަށް އެދި ސިޓީއެއް ފޮނުވީމައި ކަމަށް ކޯޓުން ބުނެއެވެ.
މިއަދު އަލީ ވަހީދު ގާސިމާ ބައްދަލުކުރައްވަން މާމިގިލީ އެއާޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވީ ގާސިމެވެ.
އެއާޕޯޓުގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ޅައުމުރުގައި ކަންތައްތަކާ ދިމާވާނެ ކަމަށާއި ދިމާވާ ކަންކަމުން ނާއުންމީދުވެ މުޅި ހަޔާތް ބަރުބާދުކޮށް، މާޔޫސްވެގެން ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އަބަދުވެސް ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ގޯސް ކަމެއް ކުރެވޭނަމަ ތައުބާވުމުން ފުދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަލީ ވަހީދަށް ތައުރީފް ކުރައްވާ ގާސިމް ވިދާޅުވީ އޭނާ އަކީ ވަރަށް ވިސްނުންތެރި ވަރަށް ރަނގަޅަށް ކަންތައް ކުރައްވާ ބޭފުޅެއް ކަމަށާއި އެއާއެކު ބައެއް މީހުން ހަސަދަވެރި ވެސް ވާ ކަމަށެވެ. އަދި ހަސަދަވެރިންގެ ފަރާތުން އެތި އެތި ފަހަރުވެސް އަންނާނެ ކަމަށާއި އަލީ ވަހީދު މިދޭތެރެއަކުން ހުންނެވީ އެފަދަ އެތިފަހަރެއްގައި ޖެހިވަޑައިގެންފައި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ގާސިމް އެ އިޝާރާތް ކުރެއްވީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އެތާނގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގެ ވާހަކައެވެ.
މިއަދު އަލީ ވަހީދު ވިދާޅުވީ ގާސިމަކީ އޭނާގެ ސިޔާސީ ކެރިއަރުގައި އެންމެ ބޮޑު މަދަދުވެރިޔާ ކަމަށާއި އޭނާ ރައްޔިތުންގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރުގެ ގޮތުގައި 2009ގެ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް އެންމެ ބޮޑު ހިއްސާދާރަކީ ގާސިމް ކަމަށެވެ. އޭގެ ފަހުން މިނިސްޓަރު ކަމުގެ މަގާމާ ހަމައަށް ވަޑައިގަތުމުގައި ވެސް އެންމެ ބޮޑު ހިއްސާއަކީ ގާސިމް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ހިތްދަތި ދުވަސްވަރަށް ފަހު އުފާވެރިކަމެއް ލިބިވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ގާސިމް ކަމަށާއި އޭނާ އެންމެ ފުރަތަމަ އިހްތިރާމް އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ ސިޔާސީ ލީޑަރަކީ ވެސް ގާސިމް ކަމަށެވެ.
މި ސަރުކާރަކީ އަލީ ވަހީދާއި ގާސިމް އަދި ޖޭޕީގެ ބޮޑު ހިއްސާއަކާއި ބޮޑެތި ހިރާސްތަކާއެކު ގެނައި ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑް 19 ތެރޭގައި މުޅި ދުނިޔެ ހުއްޓުނުއިރު މި ސަރުކާރުގައި ތިބި އެ ޕާޓީގެ ވަޒީރުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމުގެ ނަތީޖާއަކަށްވީ ރާއްޖެ މިއަދު ދެކެމުންދާ ހަމަޖެހުން ނުވަތަ ބޯޑަރު ހުޅުވިގެން ދިޔުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ހަގީގަތުގައި ޖުމްހޫރީ ޕާޓީއަކީ ބުރަ މަސައްކަތްތަކެއް ކުރާ ޕާޓީއެއް ކަމަށެވެ.
ޖުމްހޫރީ ސުލޮޓުގައި ތިބި އާލާތުންނޭ ވެންޓިލޭޓަރު ވަށްކަމާ ޖިންސީ ފުރަށް ސާރަކޮށް ކުދިން ފަޅަން ފެށީ ވަރަށް ވަރަށް ސާފް އިނގޭތޯ އެކަމުގައި ސޯލިހޭ ބަދުނާމްވަނީ