މެކްސިކޯގެ ޕުއެބެލޯގައި އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާގެ އަނބިމީހާ މަރާލުމަށް ފަހު މެކްސިކޯގައި މަޝްހޫރު ކެއުމެއް ކަމަށް ވާ ޓެކޯއަށް އަލައިގެން ކައިފިއެވެ.

ޓެކޯއަކީ ރޮއްޓެއްގެ ބައްޓަމަށް އޮންނަ ފުއްގަނޑަކަށް މަހާއި ތަރުކާރީ އަދި އެކި ބާވަތްތައް އަޅައިގެން ތައްޔާރު ކޮށްފައި ހުންނަ ކެއުމެކެވެ.

ހުސްވި މަހުގެ ފަހުކޮޅު ހިނގި މިހާދިސާގެ ރިޕޯޓް އާންމުވެފައި ވާ އިރު ބުނެފައި ވަނީ އަލްވޭރާ ނަމަކަށް ކިޔާ ގެދޮރު އިމާރާތް ކުރާ މީހާ އުމުރުން 38 އަހަރުގެ އޭނާގެ އަންހެނުން މަރާލީ މަނާ ބޭހެއް ބޭނުން ކޮށް މަސްތުގެ ހާލުގައި ހުރެގެން ކަމަށާއި އެހާލަތުގައި އެ ޖަރީމާ ހިންގަން އޭނާއަށް ހިތްވަރު ދިނީ އެމީހުން ގަބޫލު ކުރާ "މުގައްދަސް މަރާބެހޭ އަންހެނާ" އަމުރު ކުރުމުން ކަމަށެވެ. އެ އަންހެނާއަކީ އެމީހުންގެ ކަލާނގެއެކެވެ.

އަލްވޭރާގެ އަންހެނުންނަށް 12-23 އަހަރާ ދެމެދު އުމުރުފުރައިގެ 5 އަންހެން ދަރިން ލިބިފައި ވެއެވެ.

ހަބަރުތައް ބުނާގޮތުން، އޭނާ އަންހެނުން މަރާލުމަށް ފަހު ބޯ ކާލައި ނާށިގަނޑު ބޭނުން ކޮށްފައި ވަނީ އަޅިކެނޑިއެއްގެ ގޮތުގައެވެ. އަދި ހަށިގަނޑު ނައްތާލުމަށްޓަކައި ޕްލާށްޓިކް ކޮތަޅު ކޮތަޅަށް އަޅާ އުކާލާފައި ވާ ކަމަށް ވެސް ބުނެއެވެ.

އަލްވޭރާގެ އަންހެނުން މަރީއާ މޮންޓެސެރާގެ މަންމަ މަރިއާ އެލީސިއާ މޮންޓިއެލް ސެރަން މީޑިއާތަކަށް ބުނެފައި ވަނީ، އޭނާގެ ދަރިފުޅު މަރާލުމަށް ފަހު އަލްވޭރާ އޭނާގެ ދޮން ދަރިއަކަށް ގުޅި ކަމަށާއި އަދި ބުނެފައި ވަނީ "މަންމަ މަރާލުމަށް ފަހު ކޮތަޅު ކޮތަޅަށް އަޅާފައި ވާ ކަމަށާއި އެ ކޮތަޅުތައް ބަލައި އައުމަށް" ކަމަށެވެ.

އަންހެނުންގެ ބޯ ކާލި މީހާ

"އޭނާ ޑްރަގްސް ބޭނުން ކުރޭ، ކޮކެއިން ދަމާ [ނޭފަތުން ދެމުން]، އެހެން އެއްޗެހިވެސް ބޭނުން ކުރޭ، އަހަންނަށް ހީވަނީ އޭނާ ބޯގޯސްވީހެން އެފަދަ ކަމެއް ކުރަން" މަރުވި އަންހެން މީހާގެ މަންމަ ބުނެފައި ވެއެވެ.

އޭނާ އަންހެން ދަރިފުޅަށް އަނިޔާ ކުރާ ކަމަށް ވެސް މަންމަ ތުހުމަތު ކޮށްފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފުލުހުން ގޮސް ބަލައިފާސްކުރި އިރު އެގޭތެރެއިން ބްލެކްމެޖިކް [ސިހުރު] ހަދަން ބޭނުން ކުރާ ތަކެތިވެސް ވަނީ ފެނިފައެވެ.